ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދިޔަ ބަޔަކު ފްލައިޓުން ފައިބައިގެން ވީއައިއޭ ޓާމިނަލަށްވަންނަނީ... ފޮޓޯ/ ވޮއިސް
ހަބަރު
28 Sep 2024 | 16:24
ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދަށްވެއްޖެ

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ ސްކޫލް ބަންދުގައި ރާއްްްޖެއިންބޭރަށް ދަތުރުކުރާ ދިވެހިންގެ އަަދަދު ނިސްްބަަތުންްްް ދަށަށްގޮސްފައިވާކަމަށް ބައެއް އެއާލައިންތަކުން ބުނެފިއެވެ.

ވޮއިސް އާ މައުލޫމާތު ހިއްސާކުރި ބައެއް އެއާލައިންތަކުން ބުނީ، މިފަހަރުގެ ސްކޫލް ބަންދުގައިރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދަށްވެފައިވާކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ޑޮލަރު ލިބުން އުނދަގޫވުމަކީ އެންމެބޮޑު މައްސަލަކަަމަށް އެއާލައިންތަކުން ފާހަގަކުރިއެވެ. 

އެއާޕޯޓުން ފުރާއިރު، ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދިވެއްސަކަށްވެސް ބީއެމްއެލުން 500 ޑޮލަރު ގަންނަން ލިބެއެވެ. މިހާރު ރައްޓެއްސެއް މެދުވެރިކޮށް ބޭންކް ރޭޓްގައި ޑޮލަރު ނުލިބޭނަމަ ދެން ޖެހެނީ ކަޅުބާޒާރުގައި ޑޮލަރު ބޮޑުއަގުގައި ގަންނާށެވެ. ވޮއިސްއާ ވާހަކަދައްކަމުން ބައެއް މީހުން ބުނީ، ކަޅުބާޒާރުގައި މިހާރު ޑޮލަރުގެ އަގު 18 ރުފިޔާއިން މައްޗަށްގޮސްފައިވާކަމަށެވެ.

އިންދިގޯ ފްލައިޓެއް، ބެންގަލޫރަށް ދިއުމަށް ތައްޔާރުވެފައި... ފޮޓޯ/ވޮއިސް

ޑޮލަރު ލިބުން ދަތިނަމަވެސް ސްކޫލްބަންދާ ދިމާކޮށް ސިއްހީ ބޭނުމުގެ އިތުރުން ވިޔަފާރިކޮށްލުމަށް މިހާރުވެސް ދިވެހިން ބޭރަށް ފުރަމުންގެންދާކަމަށް ބައެއް ޓްރެވަލް އޭޖެންޓުން ބުންޏެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ރާއްޖޭގެ އެންމެބޮޑު އެއް ޓްރެވަލް ކުންފުނި، އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުވެސް ވަނީ، މިފަހަރުގެ ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ. ފިރާގް ވިދާޅުވީ އެހެން ފަހަރުތަކާ އަޅާބަލާއިރު، މިފަހަރު މާބޮޑަށްވެސް ދަތުރުކުރާ މީހުން މަދުވެފައިވާކަމަށެވެ. 

ޑޮލަރު ލިބުން ދަތިވިނަމަވެސް މިފަހަރުގެ ސްކޫލްބަންދުގައިވެސް ކޮންމެވެސް ވަރަކަށް ދިވެހިން ބޭރަށް ފުރަމުން އަންނައިރު، ދިވެހިން ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބެންކޮކް، އިންޑިއާ އަދި ސްރީލަންކާ ކަމަށް ޓްރެވަލް އޭޖެންޓުން މައުލޫމާތު ދެއެވެ. މިއީ ދިވެހިން އާއްމުގޮތެއްގައި ދިވެހިން އަބަދުވެސް ދަތުރުކޮށް އުޅޭ މަންޒިލްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.