ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިންް... ފޮޓޯ/ވިލާކޮލެޖް
ހަބަރު
28 Sep 2024 | 21:16
ވިލާކޮލެޖުން 1237 ދަރިވަރުން ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފި

ރާއްޖޭގެ އެންމެބޮޑު އަމިއްލަ ކޮލެޖް، ވިލާ ކޮލެޖުން 1200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިއްޖެއެވެ.

ވިލާ ކޮލެޖުން މިއަދު ވަނީ އެ ކޮލެޖުން ކުރިއަށްގެންދިޔަ މާސްޓާސް، ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާސް، ޕޯސްޓް-ގްރެޖުއޭޓް ސެޓިފިކެޓްސް އަދި ބެޗަލާސް ޑިގްރީ ކޯސްތަކުގެ ދަަަސްްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައެވެ. ދަސްވެނިވުމުގެ ހަފްލާ ކުރިއަށްގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިފަހަރު ވިލާކޮލެޖުން 1237 ދަރިވަރަކު ވަނީ ދަސްވެނިވިފައެވެ.

މިއަދު ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރާއި، ވިލާ ކޮލެޖުގެ ބާނީ އަދި ޗެއާމަން ގާސިމް އިބްްރާހިމެވެ.

ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިންް... ފޮޓޯ/ވިލާކޮލެޖް

ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވަނީ ދަސްވެނިވުނު ހުރިހާ ދަރިވަރުންނަށް ޝުކުރުއަދާކޮށް މަރުހަބާ ވިދާޅުވެފައެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވަނީ އިގްތިސާދީގޮތުން ޤައުމުތަކަށް ގޮންޖެހުންތައް ކުރިމަތިވުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ގާސިމް ވިދާޅުވީ، ޤައުމެއްގެ އިގްތިސާދުގެ އިސް ސަފުން އިލްްމީ އަަދި ފަންނީ މީހުން މަދުވުމަކީ އިގްތިސާދަށްް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ގާސިމް ވަނީ، ދަސްވެނިވުނު ދަރިވަރުންގެ އިލްމީ ގާބިލްކަން އަމަލީ މައިދާނުގައި ދައްކާނޭކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިންް... ފޮޓޯ/ވިލާކޮލެޖް

މިއަދުގެ ދަސްވެނިވުމުގެ ހަފްލާގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބާއި، ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރުގެ އިތުރުން ވައިސް ޗާންސަލާ އޮފް ދަ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް، ޕްރޮފެސަރު، ސާ ސްޓީވެން ވެސްޓް ވަނީ ބައިވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވާފައެވެ.

މިއަދުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވަނީ، މިފަހަރު ވިލާ ކޮލެޖުން ދަސްވެނިވުނު ގިނަ ދަރިވަރުންނަކީ ކަނބަލުންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ދަސްވެނިވުނު ދަރިވަރުންގެ %70 އިންސައްތަ އަކީ އަންހެނުންނެވެ. މީގެ އިތުރުން ދަސްވެނިވުނު ދަރިވަރުންގެ ނިސްބަތް މިފަހަރު %10 އިންސައްތަ އިތުރުވެފައިވާއިރު، ދަސްވެނިވުނު ދަރިވަރުންގެ %60 އަކީ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުން ކިޔެވި ދަރިވަރުންކަމަށް އަލީ ނަޖީބު ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިންް... ފޮޓޯ/ވިލާކޮލެޖް

އޭނާ ވިދާޅުވީ ވިލާ ކޮލެޖުން މަސައްކަތްކުރަނީ ޤައުމުގައި ނެތް ދާއިރާތަކުން މީހުން ބިނާކުރަން ކަމަށާއި، މިކަމުގައި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަންދޭކަމަށެވެ. ކުރިއަށް އޮތް އަހަރުވެސް އައު ޕްރޮގްރާމުތައް ތައާރަފްކުރާނޭކަން ފާހަގަކުރައްވަމުން ޑރ.އަލީ ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖުގައި ކިޔަވާ ދަރިވަރުން އަހަރުން އަހަރަށް އިތުރުވަމުންދާކަމުން ދައްކައިދެނީ ވިލާ ކޮލެޖާމެދު ދަރިވަރުންގެ މެދުގައި އޮތް އިތުބާރުކަމަށެވެ.

ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިންް... ފޮޓޯ/ވިލާކޮލެޖް

ވިލާ ކޮލެޖަކީ 2007 ވަނަ އަހަރު ވުޖޫދަށް އައި ކޮލެޖެކެވެ. އެންމެ 4 ކްލާސްރޫމާއި، 54 ދަރިވަރުންނާއެކު ކިޔަވައިދޭން ފެށި ވިލާ ކޮލެޖަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ކޮލެޖެވެ. ވިލާ ކޮލެޖުން 150 ހަށްވުރެ ގިނަ ޕްރޮގްރާމް ހިންގަމުން އަންނައިރު، މީގެ ތެރޭގައި މެލޭޝިއ އަަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.