ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނީ: ފޮޓޯ/ ޕޮލިސް
ހަބަރު
29 Sep 2024 | 10:37
ރައްޔިތު މީހާ މަގުމަތީ ދަތުރު ކުރަން ފަށައި ފަސް މިނިޓް ވާއިރު ފުލުހަކު ފެންނަ ގޮތް ހަދަނީ!

ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ ކަމަށާ އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

މިހާރު މާލެ ސަރަހައްދުގައި ކުރަންފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާފައިވާ ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަަސައްކަތުގެ މައިގަނޑު މަގުސަދަކީ ސީނިއާ ފުލުހުން ހިމެނޭގޮތަށް، މުޅި ރާއްޖޭގަވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުން ކަމަށެވެ. އަދި އެ ނިންމުން ނިންމީ ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުން ކަމަށެވެ.

އެގޮތުން، ސްކޫލްތައް ކައިރީ ސީނިއާ ފުލުހުން ހަރަކާތްތެރިވާގޮތަށް ފެށި މަސައްކަތް މިހާރުވެސް ކުރިއަށް ދާނެ ކަމަށާ އޭގެ އިތުރުން، މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގަ ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނީ: ފޮޓޯ/ ޕޮލިސް

ޝުޖާޢު ވިދާޅުވި ގޮތުގައި، މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުން ގެންދާ ކަމަށާ އެ ފުލުހުން ތަމްރީންކޮށް ހިދުމަތަށް ނެރުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ގިނަ އަދަދެއްގެ ފުލުހުން ތަމްރީން ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދިނުމާ ދުރުގަ ތިބުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް ފްރޮންޓްލައިނަށް ބޭނުންވާ ފުލުހުން އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓް ބަހާތަކުން ނަގައިގެން ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާ ފުލުހުންގެ ހިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ހިދުމަތް ދެމުން ގެންދާނެ ކަމަށެވެެ. 

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފަ މިހާރު ވާނެ، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ. އެކަން ހާސިލުކުރުމަށް މިހާރު މި މަސައްކަތް ކުރަނި. އެގޮތުން، މިހާރު ޓްރޭނިންގ ހަދަމުންގެންދާ ފުލުހުން ޓްރޭނިންގއަށްފަހު އައުމުން މި މަގްސަދު ހާސިލް ކުރުމަށް އެ ފުލުހުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ. މިކަން ދުވާލުގެ ބޮޑުބައެއްގަ ހާސިލް ވެގެންދާނެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު 

މިއާއެކު ޝުޖާޢު ވިދާޅުވީ، މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގަ މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގަ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށާ މި މަސައްކަތްތައް މޮނިޓަރ ކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ކަމަށެވެ.

އަދި ސީނިއާ ފުލުހަކު މި ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމަށާ މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނެކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނީ: ފޮޓޯ/ ޕޮލިސް

ޝުޖާއު ވިދާޅުވީ ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ ކަމަށާ އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ ކަމަށެވެ.

މި މަސައްކަތްތަކާއެކު އެކުއެކީ، ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ދަނީ ތަފާތު މަސައްކަތްތައް ކުރެވެމުން. އެގޮތުން، އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކީ ހާއްސަ ވިންގެއް ވަނީ ގާއިމް ކުރެވިފަ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު 

އަދި މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މިއާއެކު ޝުޖާޢު ވިދާޅުވީ ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާއާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށާ މާލެއާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ މި ބަހާތަކުންވެސް މޮނިޓަރ ކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތް ކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުންވަގުތައް ނިންމުމުގައި މިހާރު އަވަސްވާނެ ކަމަށެވެ.

ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނީ: ފޮޓޯ/ ޕޮލިސް

މީގެ އެންމެ ބޮޑު ބޭނުމަކީ، ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން. އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން. ފުލުހުން ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުން. އަޅުގަނޑުމެންގެ ހުރިހާ ވަސީލަތެއް މި ބޭނުންކުރަނީ މި މަގަށް، މިކަން ހާސިލު ކުރުމަށް.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު 

ސަރުކާރުގެ އެދުމަކީ، މުޅީ ރާއްޖެއަކީވެސް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް ކުރާ މަސައްކަތްތައް ހަރުދަނާކުރުންކަން ފާހަގަކުރައްވައި ޝުޖާޢު ވުދާޅުވީ މިކަމަށްޓަކައި ސަރުކާރުން ފުލުހުންގެ ޚިދުމަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދެއްވަމުންދާ ކަމަށެވެ.

އަދި ފުލުހުން ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރައި އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވެން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.