ރައީސް ޑރ.މުޢިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Sep 2024 | 10:36
އަބަދުވެސް ބަލިމީހާގެ ރައްކާތެރިކަން އިސްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ބަލިމީހާގެ ރައްކާތެރިކަން ނުވަތަ ފަރުވާގެ ސަބަބުން ގެއްލުމެއްވެނުދިނުމުގެ މަތިވެރި މަޤުޞަދު އަބަދުމެ އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީގައި ކުރިއަތް ގެންދިޔަ ޚާއްސަ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން މެޑަމް ސާޖިދާ ވިދާޅުވީ، ބަލިމީހުންގެ ސަލާމަތަށްޓަކައި އައު އުސޫލުތަކާއި އައު ވަސީލަތްތައް ތަޢާރަފްކުރެވި ފުރިހަމައަށް އެކަންކަން ތަންފީޒު ކުރެވެން ފަށާ ދުވަހަކީ ދިވެހި ސިއްޙީ ދާއިރާ އައު އުސްމިންތަކަކަށް ދަތުރުކުރާ ދުވަސް ކަމަށެވެ.

"ބަލިމީހުންގެ ސަލާމަތަށްޓަކައި އައު އުސޫލުތަކާއި އައު ވަސީލަތްތައް ތަޢާރަފްކުރެވި ފުރިހަމައަށް އެކަންކަން ތަންފީޒު ކުރެވެން ފަށާ ދުވަހަކީ ދިވެހި ސިއްޙީ ދާއިރާ އައު އުސްމިންތަކަކަށް ދަތުރުކުރުން. ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ބަލިމީހާގެ ރައްކާތެރިކަން ނުވަތަ ފަރުވާގެ ސަބަބުން ގެއްލުމެއްވެނުދިނުމުގެ މަތިވެރި މަޤުޞަދު އަބަދުމެ އިސްކުރުމަށް ތި އެންމެހާ ލޮބުވެތި ސިއްޙީ ޚިދުމަތްތެރިންނަށް އިލްތިމާސްކުރަން."

މެޑަމް ސާހިދާ ވިދާޅުވިއެވެ.

ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވުމާއި ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވޭކަމެއްކަން ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވަނީ ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެދިވަޑައިގެންފައެވެ. 

ހަމައެއާއިއެކު،  އެކަމުގައި ޤައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުޞޫލުތަކާއި އާ ވަޞީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަމާއި މެދު ވެސް މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

މި ކޮންފަރެންސްގެ ތެރެއިން މެޑަމް ސާޖިދާ، "ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން" އިފްތިތާޙް ކޮށްދެއްވާފައިވާއިރު، އެކަމަނާވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.