ފުލުހުން ބަޔަކު ބަލައި ފާސްކުރަނީ: ފޮޓޯ/ އަވަސް
ހަބަރު
29 Sep 2024 | 11:20
ގޭންގްތައް އުޅޭ ސަރަހައްދުތަކުގައި ފުލުހުން ޑިއުޓީ ކުރަން ފަށައިފި!

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގޭންގް ކުށްތައް ހުއްޓުވުމަށް އަލަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތައް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ފުލުހުންގެ އޮނިގަނޑަށް ގެނެވުނު އެންމެ ފަހުގެ ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޚާއްޞަ ވިންގެއް ޤާއިމްކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ.  

ޢަލީ ޝުޖާޢު

މި އައު އިންތިޒާމުގެ ދަށުން، ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ ބަހާއާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތްކުރާނެ ކަމަށާ މިކަމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ އާންންމު ހާލަތު ސީދާ މި ބަހާތަކުން މޮނިޓަރކޮށް، ދިމާވާ އެކިއެކި ކަންކަމަށް އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ޝުޖާޢު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ މުޅި ފުލުހުންގެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ޚިޔާލުތަކަކީ ފުލުހުން ބަލައިގަންނާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

"މި މަސައްކަތުގެ އެންމެ މުހިންމު މަޤްޞަދަކީ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ފޯރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމެވެ. އަދި ހަމައެހެންމެ، އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން،" ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.

އަތޮޅުތަކުގައިވެސް މި މޮޑެލް ތަންފީޒުކުރަމުންދާ ކަމަށާއި، ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ޕޮޒިޓިވް ފީޑްބެކް ލިބެމުންދާ ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މުޅި ރާއްޖެއަކީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ސަރުކާރުން ވެސް ފުލުހުންނަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ،" ޝުޖާއު ވިދާޅުވިއެވެ.

ކޮމިޝަނަރ ޝުޖާޢު އިތުރަށް ވިދާޅުވި ގޮތުގައި، އާންމުންނާއި ފުލުހުން ބައްދަލުވެ ހިނގާ މުޢާމަލާތްތައް މޮނިޓަރކޮށް ބަލަމުންދާ ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަދި އެކަމާ ގުޅޭ އިރުޝާދުތައް ދަނީ ދެމުންނެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ކުރާ މަސައްކަތުގެ ނަތީޖާ ކުރު މުއްދަތެއްގެ ތެރޭގައި އާންމު ރައްޔިތުންނަށް ފެނިގެން ދިއުމެވެ. އަދި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް އިތުރަށް ކުރެވިގެން ދިއުމެވެ،" ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.

މި އައު އިންތިޒާމުގެ ދަށުން ފުލުހުން ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި 24 ގަޑިއިރު ޑިއުޓީ އަދާކުރަމުން ގެންދާނެއެވެ. މި މަސައްކަތުގެ ސަބަބުން ގޭންގް ކުށްތައް މަދުވެ، މާލެ އާއި ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުން އުންމީދުކުރެއެވެ.

މި މަސައްކަތްތައް މޮނިޓަރ ކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ވަނީ ގާއިމް ކުރެވިފައި. ސީނިއާ ފުލުހަކު މި ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ. މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނެ. ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ. އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ.  

ޢަލީ ޝުޖާޢު

ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.