ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއްމުންގެ ބަޔަކު ސަލާމަތްކުރަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
29 Sep 2024 | 12:05
ނޭޕާލަށް ބޯކޮަށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް، 112 މީހުން މަރުވެއްޖެ

ނޭޕާލަށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 112 މީހުން މަރުވެއްޖެއެވެ.

މި ކާރިސާގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައިވާއިރު، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުކުރު ދުވަހުން ފެށިގެން ފެންބޮޑުވުމުގެ ސަބަބުން 68 މީހުން ވަނީ ގެއްލިފައެވެ.

ނޭޕާލުގެ ފުލުހުންގެ އިސް އޮފިޝަލެއް ބުނާ ގޮތުގައި މިހާތަނަށް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ 200 ހާދިސާ ރިޕޯޓުކުރެވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވާނެއެވެ.

މިއީ ފާއިތުވެ ދިޔަ 54 އަހަރުގެ ތެރޭގައި އެގައުމަށް އެންމެ ބޯކޮށް ވާރޭވެހުން އަހަރަށްވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 323 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

އެގައުމުގެ ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއާރްއާރްއެމްއޭ) އިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން 412،000 ގޭބިސީއަށް އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް 3،000 އަށްވުރެ ގިނަ ސެކިއުރިޓީ މުވައްޒަފުން ވަނީ ހެލިކޮޕްޓަރުތަކާއި މޯޓަރު ބޯޓުތަކާއެކު ފޮނުވާފައެވެ.

ނޭޕާލަށް މިހާރު ވެހެމުންދާ ވާރޭގެ ސަބަބުން ވެރިރަށް ކަޓްމަންޑޫގެ ވަށައިގެންވާ ކޯރުތައް ބަންޑުންވެ، ކައިރީގައިވާ ގެތަކަށް ފެން ވަދެފައިވާއިރު، ކަޓްމަންޑޫގެ މައި ކޯރު ކަމުގައިވާ ބަގްމަތީ ކޯރުވެސް ވަނީ ގަދަ ވާރޭގެ ސަބަބުން ނުރައްކާތެރި މިންވަރަށް އުފުލިފައެވެ.

ދެކުނު އޭޝިއާގައި މޫސުމީ ވާރޭގެ ސަބަބުން މިފަދަ ކާރިސާތައް ކުރިމަތިވުމަކީ އާންމު ކަމަކަށްވީ ނަމަވެސް، މާހިރުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ކާރިސާތަކުގެ ނުރައްކާތެރިކަމާއި ތަކުރާރުވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.