ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ދުނިޔެ
29 Sep 2024 | 13:20
އިންޑިއާއަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ދިނުމަށް ގައުމުތަކުން ތާއީދު

އިންޑިއާއަށް އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ދިނުމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ގޮވާލައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި، ފަރަންސޭސީވިލާތުގެ ރައީސް އެމަނުއެލް މެކްރޮންގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއަރ ސްޓާމާރ ވަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. މި ތިން ޤައުމަކީވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ ގައުމެވެ. 

އދގެ ސަލާމަތީ މަޖިލީހުގައި ތިބެނީ ދާއިމީ 5 މެމްބަރުންކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސީވިލާތް، ޗައިނާ އަދި ރަޝިޔާގެ އިތުރުން 2 އަހަރުގެ ދައުރަކަށް ހޮވޭ އިތުރުނ 10 ޤައުމެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެމްބަރުންނަކީ ވީޓޯ ކުރުމުގެ ބާރު އޮންނަ ޤައުމުތައްކަމުން، ސަލާމަތީ މަޖިލީހަށް އެއިން ޤައުމަކުން ނުރުހޭ މައްސަލައެއް އަޔަސް، އެހެން ހުރިހާ ޤައުމަކުން ތާއީދުކުރިނަމަވެސް އެމައްސަލައެއް ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ. މި ސަބަބާހެދި ދާއިމީ މެމްބަރުންގެ މައްސަލައާއި ވީޓޯގެ މައްސަލައަކީ އދގެ އެހެން މެމްބަރުން ގައުމުތަކުން އާއްމު މަޖިލީހުގައި ވަރަށް ގިނައިން ނަގާ މައްސަލައެކެވެ. 

އާއްމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ސްޓާމާރ ވިދާޅުވީ އެފްރިކާގެ ބައިވެރިވުން ސަލާމަތީ މަޖިލީހުގައި އޮންނަން ޖެހޭނެކަމަށެވެ. އަދި އިންޑިއާ، ބްރެޒިލް، ޖަޕާން އަދި ޖަރުމަންވިލާތް ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެން ޖެހޭކަމަށާއި، ސަލާމަތީ މަޖިލީހުގައި އިތުރު މެމްބަރު ގައުމުތައް ތިބެން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ފަރަންސޭސީވިލާތުގެ ބޮޑުވަޒީރުގެ މެކްރޮންގެ ވާހަކަފުޅުގައިވެސް، ސަލާމަތީ މަޖިލީހުގެ މިހާރުގެ ހާލަތު އޮތްގޮތުން މައްސަލަތައް ކުރިއަށް ގެންދިޔުމަށް އުނދަގޫވާ ކަމަށާއި، އިންޑިއާ، ބްރެޒިލް، ޖަޕާން އަދި ޖަރުމަންވިލާތް ދާއިމީ މެމްބަރުންގެ ގޮތުގައި ސަލާމަތީ މަޖިލީހުގައި ތިބެން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި އެފްރިކާ ބައްރުގެ ބައިވެރިވުން ސަލާމަތީ މަޖިލީހުގައި އިތުރު ކުރަން ޖެހޭކަމަށް މެކްރޮންވެސް ވަކާލާތު ކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއިއެކު ޑެލަވެއަރގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އިންޑިއާއަށް ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ދިނުމަށް ތާއީދުކޮށް ވާހަކަ ދެއްކެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.