އެމްއޭސީއެލްގެ މުއައްޒަފުންތަކެއް.. ފޮޓޯ/އެމްއޭސީއެލް
ހަބަރު
29 Sep 2024 | 19:51
އެމްއޭސީއެލް މުއައްޒަފުންނަށް ބޯނަސް ފައިސާ ދީފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުއައްޒަފުންނަށް ބޯނަސް ފައިސާ ދީފިއެވެ.

އެމްއޭސީއެލުން ނިންމާފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި، އެ މުއްދަތުގައި ވަޒީފާ އަދާކުރި ކޮންމެ މުއައްޒަފަކަށްވެސް 25،000 ރުފިޔާ ދިނުމަށެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރި އެމްއޭސީއެލްގެ މުއައްޒަފުން ވަނީ ބޯނަހުގެ ގޮތުގައި ކުންފުނިން ދޭން ބުނި ފައިސާ ޖަމާކޮށްފައިވާކަން ޔަގީންކޮށްދީފައެވެ.

އެމްއޭސީއެލުން ވަނީ މިދިޔަ އަހަރުވެސް ބޯނަސް ފައިސާގެ ގޮތުގައި މުއައްޒަފުންނަށް ފައިސާ ޖަމާކޮށްފައެވެ. މިގޮތުން މިދިޔަ އަހަރުވެސް އަހަރީ ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ވަނީ ދީފައެވެ.

އެމްއޭސީއެލްގައި 4000 ހާހަށް ވުރެގިނަ މުއައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލްއަކީ މާލީގޮތުން އެންމެ ރަނގަޅު ހާލަތެއްގައި އޮތް ކޮންފުންޏެވެ. އަދި އެމްއޭސީއެލްއަކީ ޑިވިޑެންޑްގެ ގޮތުގައިވެސް ދައުލަތުގެ ބައިތުލްމާލަށް އެންމެ ރަނގަޅު އަދަދެއްދޭ ކުންފުންޏެވެ. 

އަހަރީ ބޯނަހުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީކޮށް މުއައްޒަފުންނަށް ތައުލީމާއި ތަމްރީނުދިނުމަށްވެސް އެމްއޭސީއެލުން ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރާކަން ފާހަގަކޮށްލެވެއެވެ.

އެމްއޭސީއެލްއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.