ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑް ހަފްލާގެ ތެރެއިން... ފޮޓޯ/ ވިލާ ކޮލެޖް
ހަބަރު
29 Sep 2024 | 22:16
ވިލާ ކޮލެޖުން އެންމެ އިސްކަމެއްދެނީ ވަޒީފާގެ މައިދާނަށް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް: ނަޖީބް

ވިލާ ކޮލެޖުން އެންމެ އިސްކަމެއްދެނީ ވަޒީފާގެ މައިދާނަށް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށްކަމަށް އެ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުން މިރޭ ވަނީ އެ ކޮލެޖުން ބޭއްވި ގްރެޖުއޭޝަން ދެ ހަފްލާގެ ނިމުން ފާހަގަކުރުމަށް ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑް ހަފްލާއެއް ބާއްވާފައެވެ. މިދިޔަ އަހަރާއިމިއަހަރު ވިލާ ކޮލެޖުން ކުރިއަށްގެންދިޔަ 53 ޕްރޮގްރާމަކުން ދަސްވެނިވުނު 1237 ދަރިވަރަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.  ސެޓްފިކެޓް ލެވެލްތަކުންނާއި ޑިޕްލޮމާ ލެވެލްތައް ހިމަނައިފިނަމަ ދަސްވެނިވުނު ދަރިވަރުންގެ އަދަދު އިތުރުވާނޭކަމަށް ނަޖީބް ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖްގެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވާނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި، ދަރިވަރުންނަށް އެންމެ މަންފާކުރަނިވި ގޮތަށްކަމަށެވެ. 

އޭނާ ވިދާޅުވީ ވިލާ ކޮލެޖްގެ 22 ޕްރޮގްރާމަކުން ކޮލެޖް މެޑަލް ހާސިލްކުރާދަރިވަރުން ދިވެހިރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިކުންފުނިތަކާ، ޖަމިއްޔާ ޖަމާއަތްތަކާ، ޕްރޮފެޝަނަލް ބޮޑީސްތަކާ، ފައުންޑޭޝަންތަކުގެ ތެރެއިން 21 ފަރާތަކުން އިންޑަރސްޓްރީ ޕްރައިޒް ހުށަހަޅުއްވައި އެ ކޮލެޖުން ކުރާ މަސައްކަތްތަކުގައި ހިއްސާވަމުން އަންނަ އައުމަކީ ވިލާ ކޮލެޖާއި އިންޑަރސްޓްރީތަކުގެ މުހިއްމު ބައިވެރިންނާއޮތް ގުޅުން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑް ހަފްލާގެ ތެރެއިން... ފޮޓޯ/ ވިލާ ކޮލެޖް

އަދި އެއީ ޕްރޮގްރާމްތައް ފުރިހަމަކޮށްގެން ވަޒީފާގެ ބާޒާރަށް ނިކުންނަ ދަސްވެނިންނަށް ލިބިގެންދާ ވަރަށްބޮޑު އިތުބާރެއްކަން ފާހަގަކުރައްވަމުން ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖާއެކު ގުޅުން ގާއިމްކޮށް އިންޑަރސްޓްރީގެ ބައިވެރިވުން ހޯދުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

ކޮލެޖުގައި ކިޔަވައިދޭ 60 އިންސައްތަ އަށްވުރެގިނަ މޮޑިއުލް ތަކުގައި ގެސްޓް ލެކްޗަރާއިންނާ އިންޑަރސްޓްރީ ސްޕީކާސް ބައިވެރިކުރެވިފައިވާނެ. އެކިއެކި އިންޑަރސްޓްރީ ޕާޓްނަރުން އެދިވަޑައިގަންނަވާތީ ވިލާކޮލެޖުން މިހާރުވާނީ ކެމްޕަސް ރެކްރޫޓްމަންޓް ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ލޯންޗްކުރަން ނިންމާފަ. މިގުޅުން އިތުރަށް ބަދަހިކުރުމާ، ވަޒީފާދޭފަރާތްތަކުގެ ބޭނުން އިތުރަށް ދެނެގަނެ އެމަގަށް އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ބައްޓަން ކުރުމަށްޓަކައި ގްރެޖުއޭޓް ސާވޭ އާއި ގްރެޖުއޭޓް އެމްޕްލޮއިމެންޓް ސާވޭ އަދިއެލެމްނައިސާވޭ މިހާރު އަޅުގަނޑުމެން ވާނީ ތައާރަފްކޮށްފައި.

ނަޖީބް ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ހެދި އެންމެ ފަހުގެ ސާވޭތަކުން ދައްކާގޮތުން އެ ކޮލެޖުގައި ޑިގްރީއަށް އަދި މާސްޓާސް ފެންވަރަށް ކިޔަވާ ދަރިވަރުންގެ ތެރެއިން 90 އިންސައްތައަކީ މިހާރުވެސް ވަޒީފާ އަދާކުރައްވަމުންދާ މީހުންނެވެ. ވަޒީފާގައި ނޫޅޭ މީހުންގެ ތެރެއިން 85 އިންސައްތަ މީހުނަށް އެމީހުންގެ ކިޔެވުން ފުރިހަމަކުރާތާ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޒީފާ ލިބެއެވެ.

ކިޔެވުން ފުރިހަމަކުރި 35 އިންސައްތަ މީހުނަށް މަތީ މަގާމްތަކުގެ ކުރިއެރުން ލިބިފަ ނުވަތަ ކުރިންހުރި މަގާމަށްވުރެރަނގަޅު މަގާމެއް ނުވަތަ ވަޒީފާއެއް ލިބިލައްވާފައިވެއެވެ. އަދި 30 އިންސައްތަ މީހުން ތިބީ ކައިރިމުސްތަގްބަލެއްގައި ވަޒީފާގެކުރިއެރުން ނުވަތަ މިހާރަށްވުރެރަނގަޅު ވަޒީފާއެއް ލިބުމުގެ ޔަގީންކަމުގައެވެ.

ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑް ހަފްލާގެ ތެރެއިން... ފޮޓޯ/ ވިލާ ކޮލެޖް

ނަޖީބު ވިދާޅުވީ މިއީ ކޮލެޖަށްވެސް އަދި އިންޑަރސްޓްރިއަށްވެސް ވަރަށް މުހިއްމު މައުލޫމާތެއްކަމަށާއި، ވަޒީފާގެ މައިދާނަށް ފައްކާވެފައިތިބި މީހުންތަކެއް ނެރުމަކީ ވިލާ ކޮލެޖުން އެންމެބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިލާ ކޮލެޖުން ވަނީ އަލަށް ފަށާ ޑިގްރީ ޕްރޮގްރާމްތަކަށް ކޮލެޖްގެ ކޯ މޮޑިއުލްތަކުގެ ގޮތުގައިއަލަށް ތިން މޮޑިއުލެއް ތައާރަފްކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަސްޓެއިނަބިލިޓީ.އޭއައިއިން ޑޭޓާ އެނަލިޓިކްސް، އަދި ޑިޒައިން ތިންކިން އެވެ. މީގެ ތެރެއިން ސަސްޓެއިނަބިލިޓީ އެއީ އޮޑިޓް މޮޑިއުލެއްގެ ގޮތުގައި ވިލާކޮލެޖުން ކިޔަވާކޮންމެ ދަރިވަރަކަށް އެ ސެމިސްޓަރ ލިބޭނޭކަމަށް ނަޖީބް ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑް ހަފްލާގެ ތެރެއިން... ފޮޓޯ/ ވިލާ ކޮލެޖް

އޭނާ ވިދާޅުވީ ވިލާ ކޮލެޖުން މިހާރުވެސް ދަނީ ތަފާތުއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ އިސްފަރާތްތަކާ ގުޅިގެން އެފަރާތްތަކަށް ބޭނުންވާ ހުނަރުހުރި ދަރިވަރުން ތަކެއް ތަމްރީނުކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިގޮތުން ޔުނިވާސަލް ފައުންޑޭޝަނާއި އަދި ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ރިސޯޓްތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.

ވިލާ ކޮލެޖުން މިރޭ ވަނީ، ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް އެކަމުގެ އިނާމާ ލިޔުން ދީފައެވެ. މީގެ ތެރޭގައި ގާސިމް އިބްރާހީމްގެ އެވޯޑް ފޯ އެކްސަލެންސް ހާސިލްކުރެއްވި 23 ފަރާތަކަށާއި، ވިލާކޮލެޖްގެ ގޯލްޑްމެޑަލް އަދި އިންޑަރސްޓްރީ ޕްރައިޒް ހާސިލްކުރި 51 ފަރާތުގެ އިތުރުން، އޭސީސީއޭ ނެޝަނަލް ރެސިޑެންޓް ޕްރައިޒް ހާސިލްކުރި 12 ފަރާތަކަށް ވަނީ އިނާމާ ލިޔުން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.