މާބާގް ވައިރަސް-- ފޮޓޯ: ބީބީސީ
ދުނިޔެ
30 Sep 2024 | 09:57
ރުވަންޑާގައި ނުރައްކާތެރި މާބާގް ވައިރަސް ފެތުރެނީ؛ މިހާތަނަށް 6 މަރު!

ރުވާންޑާގައި ނުރައްކާތެރި މާބާގް ވައިރަސް ފެތުރުމުގެ ސަބަބުން 6 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ސިއްހީ ވަޒީރު ހާމަކުރައްވައިފިއެވެ.

ރުވަންޑާގެ ސިއްހީ ވަޒީރުސަބިން ނަސަންޒިމާނާ ވިދާޅުވި ގޮތުގައި މި ބަލީގައި މަރުވި ގިނަ މީހުންނަކީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި މަސައްކަތްކުރާ ސިއްޙީ މުވައްޒަފުންނެވެ. ހުކުރު ދުވަހު އެގައުމުގައި މި ބަލި ފެތުރޭކަން ކަށަވަރުވުމަށްފަހު މިހާތަނަށް 20 ކޭސް ފާހަގަކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ވަޒީރު ވިދާޅުވި ގޮތުގައި މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންނާ ގުޅުން ހުރި މީހުން ދެނެގަތުމާއި، ބަލި ފެތުރޭ މިންވަރު ބެލުމާއި އަދި ޓެސްޓުކުރުން ދަނީ އިތުރުކުރަމުންނެވެ. އެގޮތުން މާބާގް ވައިރަހުގެ އަސަރު ކުރި މީހުންނާ ގުޅުން ހުރި 300 އެއްހާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

 އީބޯލާ ވައިރަސް ގެ އާއިލާއަށް ނިސްބަތްވާ މި ވައިރަސް ޖެހުމުގެ ސަބަބުން މަރުވުމުގެ ފުރުސަތު 88 އިންސައްތައަށް އަރައެވެ.

މި ވައިރަސް އިންސާނުންނަށް ޖެހެނީ ވާލުގެ ޒަރީއާއިން ކަމަށްވާއިރު، އޭގެ ފަހުން ބަލި ޖެހިފައިވާ މީހުންގެ ގައިން އެހެން މީހުންނަށް މި ވައިރަސް ފެތުރެއެވެ. 

މި ބައްޔަށް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ގައިގައި ރިހުމާއި، ހޮޑުލުން އަދި ބައެއް ހާލަތްތަކުގައި ލޭ މަދުވުން ވުން ވެސް ހިމެނެއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނާ ގޮތުގައި މި ވައިރަހަށް ޚާއްޞަ ފަރުވާއެއް ނުވަތަ ވެކްސިނެއް ނެތް ނަމަވެސް އެކި ބާވަތުގެ ބޭސްތަކާއި އަދި އިމިއުން ތެރަޕީތައް ދަނީ ތަރައްގީ ކުރެވެމުންނެވެ.

މިއީ ރުވާންޑާގައި މާބަރގް ބަލި ފެނުނު ފުރަތަމަ ފަހަރެވެ. އެ ޤައުމާ އަވަށްޓެރި ޓެންޒޭނިއާގައި 2023 ވަނަ އަހަރު މި ބަލި ފެތުރުނު ކަމަށް ރިޕޯޓުކުރެވިފައިވާއިރު، މި ބަލި ފެތުރުމާއި ގުޅިގެން 2017 ވަނަ އަހަރު ޔުގެންޑާގައި 3 މީހުން މަރުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.