ކްރިމިނަލް ކޯޓު--
ހަބަރު
30 Sep 2024 | 12:22
ފައިސާއަށް ހިޔާނާތްތެރިވި ބީއެމްއެލްގެ މުއައްޒަފަކު ޖޫރިމަނާކޮށް މުޖުތަމައަށް ހިދުމަތްކުރަން ހުކުމްކޮށްފި

ކަސްޓަމަރުންގެ 4 ލައްކަ އަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުއައްޒަފަކު ޖޫރިމަނާކޮށް، މުޖުތަމައަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ބ.އޭދަފުށި/ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ.

މިގޮތުން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ، 18 ސެޕްޓެމްބަރު 2012 އިން ފެށިގެން 26 އޮކްޓޫބަރު 2021 އާއި ހަމައަށް މާޒިން ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، މަޤާމުން އޭނާއަށް ލިބިފައިވާ މަޢުލޫމާތާއި ބާރުގެ ބޭނުންކޮށްގެން 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން ބަދަލުކޮށް، ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

މިގޮތުން އޭނާ ވަނީ މި ކަސްޓަމަރުްގެ އެކައުންޓުން ޖުމްލަ 482،611 ރުފިޔާ ޞައްޙަނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި، ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި، މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އަމިއްލަ ފައިސާގެ ގޮތުގައި އެ ފައިސާއިން މުޢާމަލާތްކޮށް އެފައިސާއަށް ޚިޔާނާތްތެރިވެފައެވެ.

އެ މައްސަލާގައި މާޒިން ކުށަށް އިއުތިރާފް ވުމުގެ އިތުރުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއިއެކު، އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އޮތް އަސްލު އަދަބު ކަމުގައިވާ 9 މަހާއ 18 ދުވަހުގެ ޖަލު ހުކުމް 40 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރުމަށާއި، 56،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކުރުމަށްވަނީ ކަނޑައަޅާފަ އެވެ.

ހަމައެއާއިއެކު، ބީއެމްއެލްއާއި މާޒިންގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކަށް ފައިސާ ދެއްކުމަށް ވެސް މި އެއްބަސްވުމުގައި ބަޔާން ކުރެއެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުން ވަނީ މާޒިން 40 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރުމަށާއި، 56،200 ރުފިޔާގެ ޖޫރިމަނާ ކުރުމަށް ހުކުމްކޮށް، ޖޫރިމަނާގެ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.