މީހަކު ވޭޕްކުރަނީ... ފޮޓޯ: އިންޓަރނެޓް
ހަބަރު
30 Sep 2024 | 21:46
އެންމެފަހުން ވޭޕް މަނާކޮށްދިނުމަށް އެދި ބެލެނިވެރިންވެސް ނިކުމެއްޖެ

ރާއްޖޭގައި ވޭޕް މަނާކޮށްދިނުމަށްއެދި ބެލެނިވެރިންގެ ފަރާތުން ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލްތަކުން ދަނީ، ރައީސުލްޖުމްހޫރިއްޔާ އަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ވޭޕް މަނާކޮށްދިނުމަށް އެދި ޕެޓިޝަން ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މިފަދަ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މައިގަނޑު ސަބަބަކީ ވޭޕާއި، ދުންފަތުން ރާއްޖޭގެ މުސްތަގްބަލުގެ ކުރިއަށްއޮތް ޖީލް ސަލާމަތްކޮށްދިނުންކަމަށް ޕެޓިޝަން ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ބެލެނިވެރިން ބުނެއެވެ.

ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 12 ޖެހުމާ ހަމަޔަށް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް ދީފައެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ، ވޭޕް އާއި އީ ސިނގިރޭޓް މުޅި ރާއްޖެއަށް އާއްމުވެފައިވާއިރު، އަދުގެ ޒުވާންޖީލު ރައްކާތެރިކުރުމަށް އަވަސްފިޔަވަޅުތަކެއް އަޅައިދިނުމަށް އެދޭކަމަށެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމަށް ގޮވާލަމުންދާ އަޑު ގަދަވެފައިވާއިރު، ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) ގޮވާލަފައެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. އެފަދަ ބަލިތައް ގިނަވުމުގެ އެެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ގިނަވުން ކަމަށާއި، މި ބަލިތަކުގެ ތެރޭގައި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބަލީގެ އިތުރުން ސްޓްރޯކް ވެސް ހިމެނޭ ކަމަށެވެ.

ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާކަން ފާހަގަކުރަމުން އެމްއެމްއޭ އިން ބުނީ،  ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.