އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއް-- ފޮޓޯ: ޝިންހުއާ
ދުނިޔެ
01 Oct 2024 | 11:29
އިސްރާއީލުގެ ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިގެންފި

އަނިޔާވެރި އިސްރާއީލުގެ ސިފައިން ވައިގެ މަގުން ލުބުނާނަށް ހަމަލާތައް ދިނުމަށްފަހު، އެއްގަމު މަގުން ލުބުނާނަށް އަރައިގެންފިއެވެ.

ޔަހޫދީ ސިފައިން ބުނި ގޮތުގައި މިއީ، ލުބުނާންގެ ހިޒްބުالله ޖަމާއަތާއި ދެކޮޅަށް ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. އެމީހުން މިހެން ބުނި ނަމަވެސް، ރަހުމެއް ނެތި ހަމަލާދީ، އާއްމުންގެ މީހުންވެސް ޝަހީދުކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔަހޫދީ ފައުޖުން ޓޭންކުތަކާއި އެހެނިހެން ހަތިޔާރުތަކާއި އެކު ބޯޑަރު ހުރަސްކޮށްފައިވާކަމަށް ބުނެފައިވާއިރު، ހިޒްބުالله އިން ވަނީ ޔަހޫދީން ލުބުނާނުގައި ހިންގާ ކޮންމެ އޮޕަރޭޝަނަކަށް ވެސް ތައްޔާރުކަމަށް ބުނެފައެވެ.

ހިޒްބުالله ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ ޝެއިޚް ނައީމް ޤާސިމް ވިދާޅުވީ، އެޖަމާއަތުގައި ތަމްރީނު ލިބިފައިވާ 10،000 ވުރެ ގިނަ މުޖާހިދުން އެބަ ތިބި ކަމަށެވެ.

އިސްރާއީލުގެ ސިފައިން ލުބުނާނަށް އަރައިގަތުމާއިއެކު، އިސްރާއިލާއި ލުބުނާނާއި ދެމެދުގައިވާ ބޯޑަރުގެ ކައިރީގައި ތިބި ލުބުނާނުގެ ސިފައިން ވަނީ 5 ކިލޯމީޓަރު އުތުރަށް ބަދަލުކޮށްފައެވެ.

ޔަހޫދީ ފައުޖުން ލުބުނާނަށް އަރައިގަނެ، ލުބުނާނުގެ ދެކުނުގައިވާ އައިތާ އައް-ޝަޢާބް ސަރަހައްދުގެ އިތުރުން، ސައިދާ ސިޓީއާ ކައިރީގައި އޮންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި އިމާރާތަކަށްވެސް ވަނީ ހަމަލާދީފައެވެ.

ލުބުނާނުގެ އޮފިޝަލުން ވިދާޅުވީ، އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި 1،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށާއި،އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާކަމަށް ލަފާ ކުރާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.