އިންޑިއާގެ ބޭސްފިހާރައެއް..
ހަބަރު
01 Oct 2024 | 16:52
އިންޑިއާގެ ބޭސްތަކަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

އަވައްޓެރި އިންޑިއާގައި އުފައްދާ 48 ބޭހަކަށް ސަމާލުވުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު އާއްމުކުރި އިއުލާނެއްގައި ވަނީ ކުޑަކުދިންނަށް އާއްމުކޮށް ދެމުން އަންނަ ބޭހެއްކަމަށްވާ ޕެރެސެޓްމޯލް ހިމެނޭހެން އިންޑިއާއަށް ނިސްބަތްވާ ބައެއް ކުންފުނިތަކުން އުފައްދާ 48 ބޭހަކަށް ސަމާލުވުމަށް އެދިފައެވެ. އެމްއެފްޑީއޭއިން ބުނީ، އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ ބައެއް ބޭސްތަކުގައި ކޮލިޓީގެ މައްސަލަަތައް ފާހަގަކުރެވިފައިވާތީ، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ CDSCO އިން ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. 

އެމްއެފްޑީއޭއިން ބުނީ އިންޑިއާގެ ކަމާބެހޭ އިދާރާގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި އެ ބޭސްތައް ހުރިތޯ ބެލުމަށް ފާމަސީތައް ބަލާފައިވާކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެ ލިސްޓްގެ 44 ވަނައިގައިވާ ބޭހަކީ އެމްއެފްޑީއޭގެ އެޕްރޫވްޑް ލިސްޓްގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއް ނަމަވެސް، 2018 ވަނަ އަހަރުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށްފައި ނުވާކަން ޔަގީން ކުރެވިފައިވާކަމަށް އެމްއެފްޑިއޭއިން ބުންޏެވެ.

އެއޮތޯރިޓީން ބުނީ CDSCO ގެ ލިސްޓްގައިވާ އެއްވެސް ބޭހެއް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާކަމަށެވެ. 

ނަމަވެސް އިންޑިއާއަކީ ވަރަށް ގިނަ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ޤައުމެއްކަމުން ބައެއް ފަހަރަށް އަމިއްލައަށް ބޭސް ގަނެ، އެތެރެކުރާތީވެ، އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިކަމަށްރައްކާތެރިވުމުގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓްތަކުގެ އިންސްޕެކްޝަން އިތުރަށް ވަރުގަދަކޮށް، އެފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.