ޢަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން..
ހަބަރު
01 Oct 2024 | 19:51
ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް: ޝާހިދު

ދިވެހިރާއްޖޭގެ ތަރައްޤީގެ ފުރިހަމަ ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ކުރީގެ ހާރިޖީވަޒީރު، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ 75ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ޝީ ޖިންގޕިންގ އަށް ތަޙުނިޔާ ކިޔުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ހާރިޖީ ހިދުމަތުގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ، ޝާހިދު ވިދާޅުވީ، ރާއްޖެއާ ޗައިނާ އާ ދެމެދު ދެމިގެންދާ ގުޅުން ބިނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމުގެ މައްޗަށްކަމަށެވެ. މީގެ ތެރޭގައި ދެޤައުމުގެ ސިޔާސަތުތައް އެއްޤައުމު އަނެއް ޤައުމުން ބަލައިގަންނަމުންދާ ދިއުން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް ރާއްޖޭގެ ތަރައްޤީގެ އެކި ކަންކަމުގައި ޗައިނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެކެވެ. ރާއްޖޭގައި މިހާތަނަށް ހިންގުނު އިގްތިސާދީ އަދި އުމްރާނީ ތަރައްޤީގައި ޗައިނާގެ ބައިވެރިވުން ވަރަށްބޮޑެވެ.

ޗައިނާގެ ހިއްސާއާ އެކު ރާއްޖޭގައި ކުރިއަށްގެންދިޔަ ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެ ތެރޭގައި، ސިނަމާލެ ބްރިޖް މަޝްރޫޢު އާއި، ހައްދުންމަތި ލިންކް ރޯޑް މަސައްކަތުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.

ރާއްޖެ އާއި ޗައިނާ އާ ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމްކޮށްފައިވަނީ 1972 ވަނަ އަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.