ރޮބަޓް ލެވަންޑޮސްކީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
02 Oct 2024 | 03:14
ލެވަންޑޮސްކީގެ ދެލަނޑާއެކު ޔަންގް ބޯއީސް އަތުން ބާސެލޯނާއަށް ތަފާތުބޮޑު މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއީސް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ މޮނާކޯ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ޔަންގް ބޯއީސްގެ ފުރަތަމަ މެޗުގައި ޕްރެމިއާ ލީގުގެ އެސްޓަންވިލާ އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ލަނޑުގެ ލީޑެއްހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން އަށްވަނަ މިނެޓުގައި، ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިހާ އެވެ. އަދި އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިނީގޯ މާޓިނޭޒް އެވެ.

ދެވަނަ ހާފުގައި ބާސެލޯނާ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެވަންޑޮސްކީ އެވެ. އަދި މިއީ ޗެންޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 96 ވަނަ ލަނޑެވެ.

މީގެ އިތުރުން މިމެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ފަސްވަނަ ލަނޑަކީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ޔަންގް ބޯއީސްގެ ޑިފެންޑަރު މުހައްމަދު ކަމާރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ކުޅުނު ދެ މެޗުން ބާސެލޯނާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔަންގް ބޯއީސް ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ ޔޫރަޕްގެ އެންމެ ވަރުގަދަ 36 ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ. އަދި ކޮންމެ ޓީމަކުން އަށް މެޗު ކުޅެ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ފުރުސަތު ލިބިގެންދާނެއެވެ. އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާއި ދެމެދު ނޮކްއަޓް މެޗުތަކެއް ކުޅުމަށްފަހު ކުރިހޯދާ އަށް ޓީމަށް ވެސް މުބާރާތުގެ ރައުންޑް އޮފް 16 އިން ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.