ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
02 Oct 2024 | 11:53
ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން އެޅީ މުހިންމު ފިޔަވަޅެއް؛ ނަމަވެސް އޭގެ ނޭދެވޭ އަސަރުކުރާނެ: ފައްޔާޒު

ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން އަޅާފައިވަނީ މުހިންމު ފިޔަވަޅުތަކެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށާއި، ކޮންމެ ފަތުރުވެރިއެއްގެ އަތުން ވަކި އަދަދެއްގެ ޑޮލަރު ސަރެންޑަރ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ފޮރިން ކަރަންސީގެ ދަތިކަން ޙައްލުކުރުމަށް މިހާތަނަށް އެޅި އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކުރެއްވަާފައެވެ.

އަދި އެކަމުގެ ސަބަބުން ބައެއް ޕްރެޝަރުތަކަށް ލުޔެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަން ތަންފީޒުކޮށްފައިވާ ގޮތަކީ މައްސަލަ ބޮޑު ވާނެ ގޮތެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، 2022 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ލިބޭ އާމްދަނީގެ އިންސައްތައެއް ދޫކޮށްލަން ޖެހޭ ގޮތަށް ކަމަށާ، ބޭރު ފައިސާ ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވަކި ބޭނުންތަކެއް ފުއްދައިދޭނެކަމުގެ ވަކި ގެރެންޓީތަކެއް ދީފައިވާނެ ކަމަށެވެ.

ނަމަވެސް، ހިތާމައަކީ އެ ނިންމުން އެމްއެމްއޭއަށް ތަންފީޒު ނުކުރެވުނީ ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމާއި ކޮވިޑް-19 އިން އަރައިގަތުން ފަދަ ތަފާތު ސަބަބުތަކާ ހުރެ

ފައްޔާޒު އިސްމާޢީލް

މީގެ އިތުރުން، ފައްޔާޒު ވިދާޅުވީ މި ފިޔަވަޅު އެކަނި ޑޮލަރުގެ މާރުކޭޓުގައި ހުރި މައްސަލަތައް ޙައްލު ނުވާނެކަމަށެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި، ފައިސާ ބަދަލުކުރާ މަރުކަޒުތައް މޮނިޓަރ ކުރުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް އަޅައި މެކްރޯ-އިކޮނޮމިކް ބެލެންސް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މިހާރު ނިންމާފައިވާ ގޮތަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން ވަކި އަދަދެއްގެ ޑޮލަރު ނެގުމުގެ ބަދަލުގައި، ލިބޭ ބޭރު ފައިސާގެ އިންސައްތައަކުން ނެގުމަށް ބަދަލުކުރަން ޖެހޭކަމަށެވެ. މިހާރު ނިންމާފައިވާ ގޮތުން ގެސްޓްހައުސްތަކާއި ދަށް ފަންތީގެ ރިސޯޓުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި، ސަފާރީ އުޅަނދުތަކާއި މެދު ފަންތީގެ ރިސޯޓުތަކަށްވެ ސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

"މި ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް، އެ ތަންތަނުގެ ދެމިހުރުމަށް ނުރައްކާވެދާނެ. އަދި މުސްތަޤުބަލުގައި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމަށްވެސް ހުރަސްތަކެއް ކުރިމަތިވެދާނެ،" ފައްޔާޒު ވިދާޅުވިއެވެ.

މި މައްސަލައިގައި ސަރުކާރާއި އެމްއެމްއޭއިން ވީހާވެސް އަވަހަކަށް ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މިހާރު ހަދާފައިވާ ގަވާއިދު މުރާޖާކޮށް، ކުރިއަށް ދާނެ ގޮތަކާމެދު އެއްވިސްނުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށް ފައްޔާޒު ގޮވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.