އިންތިހާބެއްގެ ތެރެއިން..
ހަބަރު
02 Oct 2024 | 20:26
ސިޔާސީ ޕާޓީގެ ދަފްތަރުން ވަކިވާން، ދެން އެދެންޖެހޭނީ އޮންލައިނުކޮށް

ސިޔާސީޕާޓީގެ ދަފްތަރުން ވަކިވާން ބޭނުންނަމަ، މާދަމައިން ފެށިގެން އެކަންކުރެވޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ޕާޓީން ވަކިވުމުގައި މިހާތަނަށް އަމަލުކުރަމުން އައި އުސޫލް ބަދަލުކުރުމަށް ނިންމައި އެކަން އާއްމުވެސް ކޮށްފައެވެ. އެގޮތުން މާދަމައިން ފެށިގެން ސިޔާސީ ޕާޓީން ވަކިވެވޭނީ އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް އީސީން ބުންޏެވެ.

ޕާޓީން ވަކިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އިލެކްޝަނުން ފަހުން އާއްމުކުރި އުސޫލުގައި ވަނީ ޕާޓީން ވަކިވުމުގެ ޕްރޮސެސް ފަސޭހަކޮށްދީފައެވެ. އައު އުސޫލުގައި ބުނާގޮތުން ޕާޓީގެ މެމްބަރުކަމުން ވަކިވާން އެދޭތާ 14 ދުވަހުގެ ތެރޭގައި އެމީހަކު ޕާޓީގެ ދަފްތަރުން ވަކިކޮށްދޭން ޖެހެއެވެ.

ޕާޓީން ވަކިވާން އެދޭތާ 14 ދުވަހުގެ ތެރޭގައި ވަކިކޮށް ނުދީފިނަމަ އިލެކްޝަނުގެ ނިޒާމުގެ ތެރެއިން އެމީހަކު ޕާޓީން ވަކިކުރެވޭކަން ފާހަގަކޮށްލެވެއެވެ.

އިލެކްޝަނަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ނޭނގި ނުވަތަ އޮޅުވާލައިގެން ޕާޓީއަށް ވައްދާ މައްސަލައަކީ އެންމެބޮޑު އެއް މައްސަލައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.