މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ތެރެއިން.. ފޮޓޯ/ އެމްޑީޕީ
ހަބަރު
02 Oct 2024 | 22:48
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރިކުރަން ނިންމައިފި

އެމްޑީޕީއަކީ މާލީގޮތުން ތަނަވަސް ބާރުވެރި ޕާޓީއަކަށް ހެދުމަށް ވިޔަފާރިއެއް ކުރުމަށް ނިންމާފައިވާކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ޕާޓީތަކަށް ވިޔަފާރިކުރުމުގެ ބާރުލިބިފައިވާކަމަށާއި، މިއީ މިއަދު ކޮންމެހެންވެސް ކުރަން ޖެހިފައިވާކަމެއްކަމަށެވެ. ފައްޔާޒް ވިދާޅުވީ ސިޔާސީ ޕާޓީ ހިންގުމަކީ ފައިސާ ބޭނުންވާ ކަމެއްކަމަށް ވީހިނދު، އެމްޑީޕީ އުފެދުނުފަހުން މިއަދާހަމަޔަށް އާއިރު މާލީ ތަނަވަސްކަމާއި، މިނިވަންކަން ހާސިލްވެފައި ނުވާކަމަށެވެ.

މިގޮތުން އެމްޑީޕީއަށް 19 އަހަރު ވީއިރު މާލީގޮތުން ލިބުނު ބާރުވެރިކަމެއް ނެތްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ވަރަށް އަވަހަށް ގެދޮރުގެ ވިޔަފާރީގެ ތެރެއަށް ވަދެ އެކަން ފަށަންޖެހޭކަން ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބައިތުލްމާލުން ލިބޭ ފައިސާއިން ޕާޓީ ނުހިންގޭކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީ ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބައިވަރު ފައިސާ ބޭނުންވާކަމަށެވެ. 

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބައިތުލްމާލުންދޭ ފައިސާއިން މިވަރުގެ ބޮޑު ސިޔާސީ ޕާޓީއެއްގެ އިދާރީ ހިންގުމާއި ހަރަކާތްތަކަށް އެކަށީގެންވާ އަދަދެއްނޫން

ފައްޔާޒް ވިދާޅުވިއެވެ

އެމްޑީޕީ ޤައުމީ މަޖިލީހުގެ ތެރެއިން...

އެމްޑީޕީން މިރޭ ނިންމާފައިވަނީ ޕާޓީން ވިޔަފާރި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، ވިޔަފާރީގެމޮޑެލް އާއި އެނޫންވެސް އުސޫލްތައް އެކުލަވާލުމަށް ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ. ސިޔާސީޕާޓީތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ، ޕާޓީތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ތަކެތި ހޯދުމަށް ވިޔަފާރި ކުރެވިދާނެ ކަމަށެވެ. އެގޮތުން ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުންނާއި، ވިޔަފާރީގެ މުއާމަލާތްތަކުން ފައިސާ ހޯދޭނޭކަމަށް ބަޔާންކޮށްފައި ވެއެވެ. 

އެމްޑީޕީން މިރޭ ވަނީ މީހުން ބިނާކުރުމަށް ޕާޓީގެ ފަރާތުން އެކަޑަމީއެއްވެސް އުފެއްދުމަށް ނިންމާފައެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއަކީ ރާއްޖޭގައި އެންމެފުރަތަމަ އުފެދުނު ސިޔާސީޕާޓީއެވެ. އެމްޑީޕީ އުފައްދާފައިވަނީ 2005 ވަނަ އަހަރު އަވައްޓެރި ސްރީލަންކާގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.