އެމްއެމްއޭ-- ފޮޓޯ: ވޮއިސް
ހަބަރު
03 Oct 2024 | 09:44
މަނީ ޗޭންޖިންގ ވިޔަފާރިތަކުން ލައިސަންސަށް އެދެން ހުޅުވާލައިފި

ބޭރުފައިސާ ގަނެ ވިއްކާ ވިޔަފާރިތަކުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނީ، ބޭރު ފައިސާގެ ބާޒާރުގެ ގާނޫނ އޮނިގަނޑު ހަރުދަނާކުރުމާއި އަދި އެދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން " މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދު" ގެޒެޓްކުރެވި 1 އޮކްޓޫބަރު 2024 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާކަމަށެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، "މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ޤަވާޢިދު (1987)" އުވިފައިވާކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދުގެ ދަށުން އެމްއެމްއޭއިން ދޫކުރަނީ ދެ ބާވަތެއްގެ ލައިސަންސްއެކެވެ. އެއީ:

1) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް – މި ލައިސަންސް ދޫކުރެވޭނީ، ކުންފުނީ ގެ ޤާނޫނު ގެ ދަށުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ.

2)  ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް – މި ލައިސަންސް ދޫކުރެވޭނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށެވެ.

އެމްއެމްއޭއިން ބުނީ، މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، އޮތޯރިޓީން ދޫކުރާ ލައިސަންސެއް ލިބިގެން ދިވެހިރާއްޖޭގައި މަނީ ޗޭންޖިންގ ވިޔަފާރި ކުރާ ފަރާތްތަކުން، މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސަންސް ދިނުމާމެދު ވަކިގޮތެއް ނިންމާ އަންގަންދެން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންދެވިދާނެކަމަށެވެ.

އެހެންނަމަވެސް، އެފަދަ ފަރާތްތަކުން މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައ،ި ޓިއަރ 1 ނުވަތަ ޓިއަރ 2 ލައިސަންސަށް އެދި ހުށަހަޅާފައިނުވާނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް، މި މުއްދަތު ހަމަވާ ތާރީޚުގައި ބާޠިލުވާނެކަމަށާއި، ލައިސަންސް އާ ކުރުމަށް ހުށަހަޅާނީ changers-money/mv.gov.mma.extranet://https  މެދުވެރިކޮށް ލައިސަންސަށް އެދޭ ފޯމުންކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން ބުނީ، މި ގަވާއިދާ ގުޅިގެން އަލަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 50 ފަރާތަށްވުރެ އިތުރުނުވާނެ ގޮތަށްކަމަށާއި، އަލަށް ލައިސަންސަށް އެދޭ ފަރާތްތައް މިއަދަދަށްވުރެ އިތުރުވާނަމަ، ލައިސަންސް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންކަމަށެވެ.

އެއާއިއެކު، އެމްއެމްއޭއިން ވަނީ 30 ނޮވެންމަރު 2024 އާއި ހަމައަށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ