ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމުގައި ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި: ރައީސް ޑރ.މުޢިއްޒު
ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމުގައި ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ. މިގޮތުން އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް، ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބު ކަމާއި އެކު ދެމެހެއްޓުމުގައި ދިވެހީންގެ ޞުލްޙަވެރި އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމަށެވެ.
ރާއްޖޭގެ އިގްތިޞާދު ބަރޯސާވެފައިވާ ފަތުރުވެރިކަމަށް 57 އަހަރު ފުރިފައިވާއިރު، ރާއްޖޭގައި ފަތުރުވެރިކަން ފެށީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ އަހަރުވެގެން ދިޔައިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގައިވެސް މިއަދު އެންމެ ނަން ހިނގާ ބްރޭންޑެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists