ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު ރަށެއްގައި..
ރިޕޯޓް
03 Oct 2024 | 12:21
އަހަރުގެ މިހާތަނަށް ޓޫރިޒަމުން ކިހާ ޑޮލަރެއް ލިބުނުކަން އެނގޭތަ؟

ރާއްޖޭގައި މިއަދުވެސް ގިނަބަޔަކު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކާއްޓާއި ބިލެތްވެސް މިހާރު އެތެރެކުރަންޖެހެނީ އަވައްޓެރި އިންޑިއާގެ ކެެރެލާއިންނެވެ. ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ޤައުމެއް ނަމަވެސް، ކައްކަން ބޭނުންކުރާ ލޮނުކޮޅުވެސް އެތެރެކުރަންޖެހެނީ ބޭރު ޤައުމުތަކުންނެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވީ ދިޔާހަކުރެވެ.

ބުނަން މިއުޅެނީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއްކަމެވެ. އާއްމު ދިރިއުޅުމަށާއި އެހެން ބޭނުންތަކަށްވެސް ތަކެތި އެތެރެކުރަންޖެހެނީ ރާއްޖެއިން ބޭރުންނެވެ. 

ޑޮލަރު ލިބުމުގެ ދަތިކަމަކީ ރާއްޖޭގެ ދެތިން މީހަކު ފިޔަވައި އެހެން ހުރިހާ އުމުރުފުރައެއްގެ މީހުން ކެނޑި ނޭޅި ދައްކަމުން އަންނަ ވާހަކައެކެވެ. އެއީ މިހާރު ޤައުމީ ޝަކުވާއެކެވެ. ޑޮލަރު ލިބުން ދަތިކަމާހުރެ ޤައުމެއްގައި ހިނގަން ނުވާވަރުގެ ކަމެއްވެސް މިފަހުން ވަނީ ހިނގާފައެވެ. ރާއްޖޭގެ ޤައުމީ ބޭންކް ތެރެއިން މާލީ ބަގާވާތެއް ކުރަން އުޅުނު ވާހަކަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވުމުން މިކަމުގެ ހުރި ހައްސާސްކަން ކިތަންމެ ރަނގަޅަކަށްވެސްަ އެނގެއެވެ.

ރާއްޖެއަށް ޑޮލަރު ލިބުން ދަތިވާހަކަ ބުނުމުން ބޭރުގެ ފަރާތްތަކުން އެކަމަށް މަލާމާތްވެސް ކުރެއެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެމީހުން ފާހަގަކުރާގޮތުގައި ރާއްޖެއަކީ މުޅި ދުނިޔެއިންވެސް އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލެވެ. މިތަނަށް މަހުޖަނުން އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ޗުއްޓީ ހޭދަކުރަން އާދެއެވެ. އެހެންވީމައި ރާއްޖޭގެ ޓޫރިޒަމް ފެތުރުފައި އޮތް ވަރާއި, އާބާދީއަށް ބަލާއިރު، ރާއްޖޭގައި ބޭރުފައިސާ ލިބުމުގެ ދާއިމީ ދަތިކަމެއް އޮތުމަކީ އަރަތެއްކަމަށް ބޭރުގެ ފަރާތްތަކުން މަލާމާތުގެ ގޮތުގައިނަމަވެސް ފާހަގަކުރެއެވެ.

ޓޫރިޒަމުން މިއަހަރު ކިހާވަރެއްގެ އާމްދަނީއެއް ލިބުނުތަ؟

ޑޮލަރުގެ ވާހަކަދައްކާއިރު، މިއީ އެންމެންގެ ހިތުގައި އުފެދޭ ފުރަތަމަ ސުވާލެވެ. އެންމެ ބޭނުންވާ ޖަވާބަކީ ޓޫރިޒަމުން ރާއްޖެއަށް އާމްދަނީގެ ގޮތުގައި ކިހާވަރެއް ލިބޭތޯއެވެ. ދައުލަތުގެ ޓެކްސް އިދާރާގެ ކިތާބީ ހިސާބުތަކަށް ބަލާލަމާ ހިނގާށެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދަށް ޓޫރިޒަމުން ލިބުނު ޑޮލަރު އާމްދަނީގެ އެންމެ ރަނގަޅު ހިސާބެއް ހަދާލެވޭނީ ޓީޖީއެސްޓީ ހިސާބުކޮށްލައިގެންނެވެ. އަދި އޭގެ ތެރެއަށް ގްރީންޓެކްސް، އެއާޕޯޓް ފީ އަދި ޑިޕާޗާ ޓެކްސް ހިމަނާލީމައި އިތުރަށް ފުރިހަމަ ވެއެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި އޮގަސްޓްމަހުގެ ނިޔަލަށް 430،600،517 މިލިއަން ޑޮލަރު ލިބުނެވެ. ޓީޖީއެސްޓީން ޓެކްސް ނަގާ ރޭޓުން ހިސާބު ހަދާލުމުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް 3.1 ބިލިއަން ޑޮލަރު ލިބިފައިވާކަން ސާފުކޮށް އެނގެއެވެ. އަދި އޭގެ ތެރެއަށް މިއަހަރުގެ މިހާތަނަށް ގްރީންޓެކްސް، އެއާޕޯޓް ފީ އަދި ޑިޕާޗާ ޓެކްސް ހިމަނާލުމުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް 3.2 ބިލިއަން ޑޮލަރު ލިބުނުކަން ސައްކެއްނެތް މިންވަރަށް އެބަ އެނގެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ...

މައްސަލަ ފެށޭ ހިސާބަކީ މިއެވެ. ރާއްޖެއަށް 3.2 ބިލިއަން ޑޮލަރު ލިބުނުއިރުވެސް ޑޮލަރު ލިބުމުގެ ތާށިކަން އިންތިހާއަށް އޮތީމައެވެ. ޑޮލަރުގެ ތާށިކަމާހުރެ ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރު ލިމިޓްކުރި މައްސަލާގައި އޭރު ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ. ބީއެމްއެލްގެ ކަސްޓަމަރުންގެ އަތުން ބީއެމްއެލަށް ގަންނަން ލިބުނީ އެންމެ 60 މިލިއަން ޑޮލަރު ކަމަށެވެ. ބޭންކުން ބުނާގޮތުގައި އެ އަދަދުގެ ތިން ގުނަ ދިވެހިންގެ އެކިއެކި ބޭނުންތަކުގައި ބޭރުފައިސާގެ ގޮތުގައި ހަރަދުވެސް ކުރަން ޖެހެއެވެ. ރާއްޖޭގެ އިގްތިސާދަށް މިއަހަރުގެ މިހާތަނަށް 3.2 ބިލިއަން ޑޮލަރު ލިބުނުއިރު، ޤައުމީ ބޭންކަށް 60 މިލިއަން ޑޮލަރު ގަންނަން ލިބުނީމައި މިކަމުގައި މައްސަލަތަކެއް އުޅޭކަން އެބަ އެނގެއެވެ. އަދި ބީއެމްއެލްގެ ޑޮލަރު ކޭޝް ފްލޯއަށް ބާރުބޮޑުވެގެންދާނޭ ވަރުވެސް ވަޒަންކޮށްލެވެއެވެ.

ދައުލަތުގެ ކަމާބެހޭ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީއަށް ލިބުނު 4.5 ބިލިއަން ޑޮލަރުގެ ތެރެއިން، އޭގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ޑިޕޮސިޓްގެ ގޮތުގައި ބޭންކްތަކަށް ވަނެވެ. އެގޮތަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ޖަމާވާ އަދަދުތަކަކީ، ދިވެހި ރައްޔިތުންނަށް މަންފާވާގޮތަށް ޖަމާވާ އަދަދުތަކެއް ނޫނެވެ. ރައްޔިތު މީހާއަށް ކިރިޔާވެސް ފައިދާއެއް ލިބެނީ ބީއެމްއެލަށް މާރުކުރާ ޑޮލަރުކޮޅުންނެވެ. އަދި މަރުކަޒީ ބޭންކުން ބީއެމްއެލަށް ދޭ ޑޮލަރުންނެވެ. ދިވެހިން ބޭރަށް ދިއުމަށް ކޮންމެ ޕާސްޕޯޓަކަށް ދޭ 500 ޑޮލަރާއި، ބޭރުގައި ކިޔަވަންތިބޭ ކުދިންނަށާއި ރައްޔިތުން އަލީ އެކްސްޕްރެސް އަދި ޝެއިނަށް ފައިސާ ދެއްކުމަށް ބޭންކުން ބޭނުންކުރަންޖެހެނީ ބޭންކަށް ލިބޭ މަދު ޑޮލަރުކޮޅުންނެވެ.

ރާއްޖޭގައި ބޭރުފައިސާގެ ގަވާއިދަށް ބަލާއިރު، މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ 1987 ހިސާބުގައި ވުޖޫދަށް ގެނެސްފައިވާ ގަވާއިދަކުންނެވެ. ނަމަވެސް މަރުކަޒީ ބޭންކުން ވަނީ މިހިނގާ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭރުފައިސާ ގަނެ ވިއްކުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ބޭރުފައިސާ ގަނެވިއްކުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު، ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ ވަކި އިންސައްތައެއް ބީއެމްއެލް މެދުވެރިކޮށް މާރުކުރުން ލާޒިމް ވެއެވެ.

ތެދެކެވެ. އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ބޭރުފައިސާގެ މުއާމަލާތްތަކަށް މިއޮންނަނީ ހަމައެއް ލަމައެއްނެތް އުސޫލެކެވެ. ބޭނުން ވެއްޖެނަމަ މާރުކޭޓަށްގޮސް ޑޮލަރު ދީފައި ކުރުނބައެއްވެސް ގަންނަން ވީއެވެ. ޑޮލަރުން ޓެކްސީއަށް ފައިސާވެސް ދައްކަންވީއެވެ. އަދި ނުވިތާކަށް ކަންކަންމަތިން އަގުބޮޑުކޮށް ޑޮލަރުވެސް މާރުކުރަންވީއެވެ. 

ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލު ބަދަލުކުރި މައްސަލާގައި ޓޫރިޒަމް ބޮޑެތި ވިޔަފާރިވެރިންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ނަމަވެސް މިކަމުގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ އެމްއެމްއޭއިން މިވަގުތަށް އެޅުމަށް ނިންމީ ވަރަށް އާދައިގެ ފިޔަވަޅެއް ކަމަށެވެ. ކޮންމެގޮތެއްވިއަސް ރާއްޖެއަށް ވަންނަ ޑޮލަރުން އެދެވޭ ފަދަ ރަނގަޅު އަދަދެއް ޤައުމީ ބޭންކަށް ލިބެންޖެހޭކަމަށް ރައްޔިތުން މިއަދު ގަބޫލުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް