ސައުދީ އަރަބިއްޔާގެ ތެޔޮ ހޮޅިތަކެއް---ފޮޓޯ: އޭއެފްޕީ
ދުނިޔެ
12 Sep 2026 | 16:28
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު ތެޔޮ ހޮޅިއެއް ބަންދުކޮށްފި

ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.

1،200 ކިލޯމީޓަރު ދިގު މި ހޮޅިއަކީ ދުނިޔޭގެ އެންމެ ބޮޑު ސާފުނުކުރާ ތެޔޮ ބޭރުކުރާ ޤައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާއިން ސްޓްރެއިޓް އޮފް ހޯމުޒް ބައިޕާސްކުރުމަށް ބޭނުންކުރަމުން އައި ހޮޅިއެކެވެ.

މި ހޮޅިން ދުނިޔޭގެ ތެޔޮ ސަޕްލައިގެ ހަތަރެއް އިންސައްތައާއި ފަހެއް އިންސައްތައާ ދެމެދުގެ މިންވަރެއް އުފުލަމުން ގެންދިޔަ ކަމަށް ރޮއިޓާސް ރިޕޯޓުކޮށްފައިވެއެވެ.

ސަޢޫދީގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅި ބަންދުކޮށްފައިވާ ކަމަށެވެ.

ހަމަލާގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ގެއްލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

"ޢިރާޤުން އަވައްޓެރި ޤައުމުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް ޢިރާޤު ސަރުކާރުން ކުރާ މަސައްކަތަށް ސަޢޫދީން ތާއީދުކުރާނެ" ކަމަށެވެ. އަދި "ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި ސެކިއުރިޓީ ރައްކާތެރިކޮށް، ތަންތަން ޙިމާޔަތްކޮށް، ރައްޔިތުންނާއި ރެޒިޑެންޓުންގެ ސަލާމަތް ކަށަވަރުކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމުގެ ޙައްޤު ލިބިގެންވާ" 

ސަޢޫދީގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ:

ޢިރާޤުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އީރާނާ އިންވެގެން އޮންނަ މައިސާން ޕްރޮވިންސުން ޑްރޯނު ހަމަލާ ފޮނުވިކަން ޔަޤީންވުމާ ގުޅިގެން، އެ ސަރަޙައްދުގެ ޢަސްކަރީ ކޮމާންޑަރު މަޤާމުން ދުރުކޮށް ތަޙުޤީޤެއް ފަށާފައިވެއެވެ. ޢިރާޤުގެ ބޮޑުވަޒީރު ގުޅުއްވުމާ ގުޅިގެން މި ވަގުތު ރައްދު ހަމަލާއެއް ނުދިނުމަށް ސަޢޫދީން ނިންމާފައިވެއެވެ.

ސެޓެލައިޓް ފޮޓޯތަކުން ހަމަލާ އެރި ސަރަޙައްދުގައި ބިންގަނޑު އަނދައި ދުން އަރާ މަންޒަރު ފެނިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ