މެސީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
03 Oct 2024 | 14:45
މެސީގެ ދެލަނޑާއެކު އިންޓަ މިއާމީން އެމްއެލްއެސް ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފި

މޭޖަލީގުސޮކާ (އެމްއެލްއެސް) އީސްޓަން ކޮންފަރެންސްގައި ރޭ ފަތިހު އިންޓަ މިއާމީ އާއި ކޮލަމްބަސް ކްރޫ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްއެލްއެސް ސަޕޯޓާސް ޝީލްޑް އިންޓަ މިއާމީން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ކޮލަމްބަސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އިންޓަ މިއާމީ އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިޔޮނަލް މެސީ އެވެ. އަދި މިއާއެކު މިސީޒަނުގައި ލީގުގައި ކުޅުނު 16 މެޗުގައި މެސީ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އަދި ކޮލަމްބަސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ޑިއޭގޯ ރޮސީ އާއި ކޫޗޯ ހެނާންޑޭޒް އެވެ.

މި ނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން އިންޓަ މިއާމީއަށް 68 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮލީ އެމްއެލްއެސް އީސްޓަން ކޮންފަރެންސް ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކޮލަމްބަސް ކުޅުނު 31 މެޗުން ލިބުނު 57 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

މީގެ އިތުރުން އެމްއެލްއެސް ލީގު ސީޒަނުގައި، އިންޓަ މިއާމިއަށް އަދި ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން މޮޅުވެގެން، އެޓީމަށް ރެކޯޑެއް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، އެ ދެ މެޗުން މޮޅުވެއްޖެނަަމަ، އެމްއެލްއެސް ސީޒަނެއްގެ އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑް އިންޓަ މިއާމީ އަށް ލިބޭނެ އެވެ. އެ ރެކޯޑް މިވަގުތު އޮތީ 2021 ވަނަ އަހަރުގެ އެއް ވަނަ ނިއު އިންގްލެންޑް ރިވޮލިއުޝަން އަތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.