ދީން
04 Oct 2024 | 13:11
ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމުން ދަރީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވޭ: ޚުތުބާ

ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ގެ ޚުތުބާގައި އަލި އަޅުވާލާފައިވަނީ ގެވެށި އަނިޔާގެ މައްޗަށެވެ.

ޚުތުބާގައި ބުނި ގޮތުގައި، އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް، ގެއްލުންހުރި ހަޑިހުތުރު ޢަމަލެކެވެ. އަދި އިސްލާމްދީނުގައި ފިރިމީހާ އޭނާގެ އަނބިމީހާއަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރުން ހުއްދަކުރާ ކަމެއް ނޫނެވެ. މާތްالله ވަނީ ފިރިހެނުންނަށް އެމީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށް އަމުރުކުރައްވާފައި ކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި، ގެވެށި އަނިޔާއަކީ ހހަމައެކަނި ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާއެއް ނޫނެވެ. އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނެއެވެ.

ދެމަފިރިން ދަރިންގެ ކުރިމަތީގައި ޒުވާބުކޮށް ޖަދަލުކުރުމުގެ ސަބަބުން ދަރިންނަށް ނަފްސާނީ ގޮތުން އަނިޔާ ލިބި، އެ ކުދިންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވެދާނެކަމަށް ބަޔާންކުރެއްވިއެވެ.

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ ގޮތުގައި، މިފަދަ ޢަމަލުތަކުގެ ސަބަބުން ދަރިންގެ ބަސްމަގު ހުތުރުވެ، މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމަށް މަގުފަހިވެދާނެއެވެ. އެހެންކަމުން، ދެމަފިރިން ވެސް މާތްالله ކަނޑައަޅުއްވާފައިވާ ޙުދޫދުގެ ތެރޭގައި ތިބުމުގެ މުހިންމުކަން ޚުތުބާގައި އިސްކަންދެއްވާފައިވެއެވެ.

ނިންމާލަމުން ޚުތުބާގައި ވިދާޅުވެފައިވަނީ، އަނބީން ފިރީންނަށް ކިޔަމަންތެރިވެ އަމާނާތްތެރިވާން ޖެހޭނެ ކަމާއި، ފިރީން ވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޙާލެއްގައި، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުމަކީ الله سبحانه وتعالى ޙަރާމްކުރައްވާފައިވާ ކަމެއްކަން ހަނދާންކޮށްދެއްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ