އޮއިލް ޕަމްޕް ޖެކް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
05 Oct 2024 | 15:34
މެދުއިރުމަތީގެ މަސްރަހު ހޫނުވުމާއިއެކު، ތެލުގެ އަގު އުފުލިއްޖެ

އިސްރާއީލް މައްސަލާގައި މެދުއިރުމަތީގެ މަސްރަހު ގޯސްވުމާއި ގުޅިގެން ތެލުގެ އަގު އުފުލިއްޖެއެވެ.

ޔަހޫދީ ފައުޖުން އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާއެއްދީފާނެ ކަމުގެ އިޝާރަތާއިއެކު، ޖެހިޖެހިގެން ހަތަރުވަނަ ދުވަހު ތެލުގެ އަގު މައްޗަށް އުފުލިފައިވާއިރު، ބައެއް ތެއޮ އުފައްދާ ބައެއް ޤައުމުތަކުން ވަނީ އުފައްދަމުން އަންނަ ތެލުގެ އަދަދު މަދުކޮށްލާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެއޮފީފާއެއްގެ އަަގު އިއްޔެ 78.66 ޑޮލަރަށް އަރާފައިވާއިރު، އަދި އެމެރިކާގެ ބާޒާރުގައިވެސް ވަނީ ތެލުގެ އަަގު އުފުލެންްް ފަަށާފަަައެވެ. މިއީ މިދިޔަަ ހަަަފްްްތާގައި ތެލުގެ އަަަގު ހުރި ނިސްބަތުން 6 އިންސައްތަ އުފުލިފަައިވާއިރު، އޯޕެކުންވެސް ވަނީ ތެލުގެ އަގު އުފުލިދާނެކަމުގެ އިންޒާރު ދީފައެވެ.

ބްލޫމްބަރގް ތެލުގެ ޗާޓް..

ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިމިވަނީ، އިސްރާއީލުން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދީފާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން ދިނުމާއި ގުޅިގެންނެވެ. މިގޮތުން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދިނުމަށް އިސްރާއީލަށް ތާއީދުކުރުމާއިމެދު އެގައުމުގެ އެންމެ ބޮޑު އެހީތެރިޔާ، އެމެރިކާއިން އެއްބާރުލުން ދިނުމާއިމެދު މަޝްވަރާ ކުރަމުންދާކަމަށް ބައިޑެން ވަނީ ބުނެފައެވެ.

ކުރިއަށްއޮތީ ފިނިމޫސުންކަމުން މެދުއިރުމަތީގެ މަޝްރަހު ފިނި ނުވެއްޖެނަމަ އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނޭކަމަށް އިގްތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ. މިގޮތުން މެދުއިރުމަތީގައި ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަރަށްބޮޑު ހީނަރުކަމެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ބްލޫމްބަރގުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.