ވަޒީރު އާދަމް ނަސީރު އިބްރާހީމް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Oct 2024 | 10:09
ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން: ވަޒީރު އާދަމް ނަސީރު

ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުންކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަސީރު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ތާރީޚުގައި އެންމެ ބޮޑު ހެޔޮ އިންގިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމް ވި ދުވަސް ކަމަށާއި، އެދުވަހަކީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ހެޔޮ މަގަށް އެނބުރުނު ދުވަސް ކަމަށްވާއިރު، ރާއްޖޭގެ އިލްމުވެރިކަން ލިޔެވެން ފެށީ ރާއްޖެ އިސްލާމްވުމަށް ފަހުގައި ކަމަށެވެ.

އާދަމް ނަސީރު ވިދާޅުވީ، އިސްލާމް ދީނަކީ ދިވެހީންގެ ދިރިއުޅުމުގައި އެންމެ އުހުގައި އޮތް، ދިވެހިންގެ ދިރިއުޅުމުގެ ހަގީގަތް ކަމަށާއި، ދިވެހިންގެ ވިސްނުމުގެ ހަގީގަތް ގުޅިފައި ވަނީ މާތްވެގެންވާ އިސްލާމްދީނާއި ކަމަށެވެ.

"އިސްލާމް ދީނަކީ ދިވެހީންގެ ދިރިއުޅުމުގައި އެ މީހުންގެ ހުރިހާ ކަމެއްގައި އެންމެ އުހުގައި އޮތް އެ މީހުންގެ ދިރިއުޅުމުގެ ހަގީގަތެއް. ދިވެހިންގެ ވިސްނުމުގެ ހަގީގަތް ގުޅިފައި ވަނީ މާތްވެގެންވާ އިސްލާމްދީނާ. ދިވެހިންގެ ހުރިހާ އަމަލުތައް ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ އަސާސުތައް ފެށިގެން އަންނަނީ މާތްވެގެންވާ އިސްލާމްދީނުން."

ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މިސާލެއްގެ ގޮތުން ދިވެހީން މިސްކިތްތައް ބިނާކުރުމުގައި ގެދޮރާއި ތަފާތު ފަންނީ ކަންކަން ބޭނުންކޮށްފައި ހުންނައިރު، މިސްކިތެއް ރޫޅާލާ ހާލަތުގައި ވެސް އެތަނުގައި ބޭނުން ކޮށްފައި ހުރި ވަކަރު އެހެން ކަންކަމަށް ބޭނުންނުކުރާ ކަން ފާހަގަކުރައްމުން ވަޒީރު ވަނީ ދީނާ ގުޅުން ހުރި އެތައް ކަމެއް ދިވެހިންގެ ދިރިއުޅުމުން ފެންނަން ހުރި ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމް ވީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ، އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ.

އެ ރަދުން  އިސްލާމްވެވަޑައިގަތުމަށް ފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހީންގެ މެދުގައި  ރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.