ރައީސް ޑރ.މުޢިއްޒު، ހާފިޒްކަމުގެ ސަނަދު ހާސިލްކުރެއްވި ބޭފުޅަކަށް އިނާމު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Oct 2024 | 11:16
ހާފިޒުކަމުގެ ސަނަދު ހާސިލުކުރި, 28 ހާފިޒުންނަށް މެޑަލް ދެއްވައިފި

ޤުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް، 28 މީހަކު ހާސިލްކޮށްފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައިވަނީ، ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އެކަމުގެ މެޑަލް ދެއްވާފައެވެ. 

މިފަހަރުގެ ޖަލްސާގައި މެޑަލް ދެއްވާފައިވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކުރި މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ހާސުިލްކުރި މީހުންނަށެވެ.

މިބޭފުޅުންނަށް މެޑަލާއި ހަނދާނީ ލިޔުން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

ހާފިޒުކަމުގެ މެޑަލް ލިބިވަޑައިގެންނެވި 28 ބޭފުޅުންނަކީ:

1. އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ

2. އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް

3. އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ

4. އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް

5. އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ

6. އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް

7. އަލްޙާފިޡާ ފާޠިމަތު އަޙްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް

8. އަލްޙާފިޡް ޢަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ

9. އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ

10. އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި

11. އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ

12. އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ، ދ. މީދޫ

13. އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު

14. އަލްޙާފިޡް ރާހިން ބިން މުޙައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ

15. އަލްޙާފިޡް އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް

16. އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ، ސ. ފޭދޫ

17. އަލްޙާފިޡް ޢަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ

18. އަލްޙާފިޡާ ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ

19. އަލްޙާފިޡް އަޛީން މުޙައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް

20. އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ޢަންބަރީގެ، ރ. މީދޫ

21. އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ

22. އަލްޙާފިޡާ މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ، ނ. ލަންދޫ

23. އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި

24. އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި

25. އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު

26. އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް

27. އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު

28. އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ  

ޤުރުއާން ހިދުދަސްކުރާ މީހުންނަށް ސަރުކާރުން މެޑަލް ދިނުމަށް ހަމަޖައްސާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު 3 ފަރާތަކުން ހާފިޒްކަމުގެ މެޑަލް ހާސިލްކުރިނަމަވެސް އަހަރުން އަހަރަށް ޤުރުއާން ހިތުދަސްކުރާ މީހުންގެ އަދަދު އަންނަނީ، އިތުރުވަމުންނެވެ. 

އެހެންކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ، ތަފާތުކުރުމެއްނެތި ޤުރުއާން ހިތުދަސްކުރާ މީހުނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދެއްވާ މެޑަލް ދެއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.