އިމްރާން ޚާންއަށް ތާއީދުކުރާ ފަރާތްތަކުން ޕާކިސްތާނުގައި ކުރިއަށްގެންދާ މުޒާހަރާ-- ފޮޓޯ: އޭޕީ
ދުނިޔެ
06 Oct 2024 | 10:18
އިމްރާން ޚާންގެ ސަޕޯޓަރުން ކުރަމުންގެންދާ މުޒާހަރާ އާއި ގުޅިގެން އިސްލާމްއާބާދު ލޮކް ޑައުނަކަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އމްރާން ޚާން އަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ވެރިރަށް، އިސްލާމް އާބާދު ލޮކް ޑައުނަކަށް ގެންގޮސްފިއެވެ.

މިގޮތުން، ޕާކިސްތާނުގެ އޮތޯރިޓީތަކުން ވަނީ އިސްލާމްއާބާދު ބަންދުކުރުމުގެ އިތުރުން، މޮބައިލް ފޯނު ޚިދުމަތްތައް ވެސް މެދުކަނޑާލާފައެވެ.

މި މުޒާހަރާތަކަކީ އިމްރާން ޚާން ދޫކޮށްލުމަށާއި، އެގައުމުގައި މިހާރު ވެރިކަން ކުރަމުންދާ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް ބުނެ އިމްރާން ޚާންއަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ، މި މުޒާހަރާ ހުއްޓުވުމަށްޓަކައި، އިސްލާމާބާދަށް ވަދެނިކުމެވާ މަގުތައް ބަންދުކުރުމަށް ޝިޕިންގ ކޮންޓެއިނަރުތައް ބަހައްޓާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

މިމަހުގެ 15 އަދި 16 ގައި އިސްލާމާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ބައްދަލުވުމުގެ ތައްޔާރީތަކަށް ހުރަސް އެޅިދާނެތީ، މުޒާހަރާ ފަސްކުރުމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު މުޙްސިން ނަޤްވީ ވަނީ އިމްރާން ޚާނުގެ ޕާޓީއަށް ގޮވާލައްވާފައެވެ. މީގެ އިތުރުންވެސް، ނަޤްވީ ވަނީ އެއްވެސް މީހަކު އިސްލާމާބާދަށް ހަމަލާދޭން ރޭވިޔަސް އެކަން ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ މި އެންގުމާއިއެކު ވެސް އިމްރާން ޚާން ވަނީ އެބޭފުޅާ އަށް ތާއީދުކުރާ ފަރާތްތައް އެގައުމުގެ ޕާލިމެންޓް ކުރިމަތީގައި އޮންނަ ސަރަހައްދެއްކަމަށްވާ ޑީ-ޗައުކަށް އަމާން އިހުތިޖާޖު ކުރުމަށް ދިޔުމަށް ގޮވާލައްވާފައެވެ.

މި މުޒާހަރާތަކާއި ގުޅިގެން އިސްލާމާބާދާއި އެ ސިޓީއާއި އިންވެގެންވާރާވަލްޕިންޑީގައި ސްކޫލްތައް ބަންދުކޮށް، މޯބައިލް ފޯނު ޚިދުމަތްތައްވެސް ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް