ބަންކަރިން ޚިދުމަތް ހޯދާ ބޯޓުތަކުގެ ކުނި މެނޭޖް ކުރަން ވެމްކޯއަށް ހަވާލުކުރަން އެމްޕީއެލް އިން ސޮއިކުރުން-- ފޮޓޯ: އެމްޕީއެލް
ހަބަރު
06 Oct 2024 | 15:21
ބަންކަރިން ޚިދުމަތް ހޯދާ ބޯޓުތަކުގެ ކުނި މެނޭޖް ކުރަން ވެމްކޯއަށް ހަވާލުކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ބޯޓުތަކަށް ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލް ހެޑް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވަޖީހު ވިދާޅުވީ، އުތުރު ގޭޓްވޭއިއަށް ބޯޓުތަކުން މި ކުނިތައް ޑިސްޗާޖް ކޮށްލުމުން ވެމްކޯއިން ކުނިތަކާއި ހަވާލުވެ، ކުނިތައް ނައްތާލާނެކަމަށެވެ. މިކަމަށްޓަކައި، ވަކި ރަށެއްގައި މިކަމަށް ހާއްސަކޮށް ތަނެއް ހެދިގެން ކުރިއަށްދާ ގޮތަށް ވިސްނުން އެބަހުރިކަމަށް ވަޖީހު ވިދާޅުވިއެވެ.

"އުތުރުގައި ފެށޭ ބަންކަރިން ސާވިސް އާއި ގުޅިގެން، އަޅުގަނޑުމެންގެ އުތުރު ގޭޓްވޭއިއަށް ބޯޓުތަކުން މި ކުނިތައް ޑިސްޗާޖް ކޮށްލާނީ، އެތަނުން ހާވާލުވާނީ ވެމްކޯ، ވެމްކޯއިން ގޮސް އެ ބޭފުޅުން ނައްތާލާ ގޮތަށް ކުރިއަށްގެންދާނީ. ވެމްކޯއާއެކު އެމްޕީއެލްގައި ޕްލޭންތަކެއް އެބަހުރި ވަކި ރަށެށްގައި މިކަމަށް ހާއްސަކޮށް ތަނެއް ހެދިގެން ކުރިއަށްދާ ގޮތަށް."

ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ، މި ޚިދުމަތް ފެށުމުން މިކަމުން ވެމްކޯއަށް އަދި އެމްޕީއެލްއަށްވެސް އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް، ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ، މި ޚިދުމަތް ދޭއިރު ވެމްކޯއިން ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" ވެސް މޭނޭޖް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށާއި، އެކަމަށް ޚާއްސަކޮށް ޤާއިމް ކުރެވޭ ސެންޓަރުން ކުނިތައް ކުނބުރުދޫގައި ޤާއިމުކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ އެތަނުގައި ހަމަ ޔޫސްޑް އޮއިލްއަށް ހާއްސަ ޓޭންކެއް ބަހައްޓައިގެން އެ ރިފައިންކޮށްފައި އަޅުގަނޑުމެންނަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. އަދި މި ހިދުމަތްދޭ އިންޓަނޭޝަނަލް ޕާޓްނާތަކެއް ވެސް އެބަ ވޯކްކުރޭ އަޅުގަނޑުމެންނާ އެކު މިހާރު ވެސް. އެހެންވީމާ އެގޮތަށް އަޅުގަނޑުމެން މި ހިދުމަތް ގާއިމުވެގެންދާނީ،" 

މުޖުތަބާ ވިދާޅުވިއެވެ.

މި ޚިދުމަތް ފަށާއިރު މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާނީ ކުޅުދުއްފުށީގައި ޤާއިމްވެ ތިބި މުވައްޒަފުން ކަމަށާއި، އެކުންފުނީގެ ލޭންޑިންގް ކްރާފްޓް ބޭނުންކޮށްގެން ކުނި އުފުލުމުގެ މަސައްކަތް ކުރާއިރު، މި ޚިދުމަތް ފުޅާވާ ވަރަކަށް އިތުރު ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.