އަލީ ރަމީޒު/ ފޮޓޯ: އަލީ ރަމީޒުގެ ފޭސްބުކްޕޭޖް
ހަބަރު
06 Oct 2024 | 18:15
އަލީ ރަމީޒުގެ ޔޫޓިއުބްޗެނަލް އިޔާދަކޮށްދީފި

ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ، އަލީ ރަމީޒުގެ ޔޫޓިއުބް އެކައުންޓް ހެކްކޮށްފައިވަނިކޮށް، އަލުން އަނބުރާ އިޔާދަކޮށްދީފިއެވެ.

އަލީ ރަމީޒުގެ ޔޫޓިއުބް އެކައުންޓް އަލުން އިޔާދަކޮށްދީފައިވަނީ، މިއަދުގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން އަލީ ބުނީ ޗެނަލް އިއާދަ ކުރެވުނު އިރު އޭގައި ހުރި ހުރިހާ ވީޑިއޯއެއްވެސް ހުރީ ފޮރުވާފަ ކަމަށެވެ. ނަމަވެސް މިހާރު ޔޫޓިއުބް އެކައުންޓްގައި ހުރި ހުރިހާ ވީޑިއޯތަކެއްވެސް ފެންނަން އެބަހުއްޓެވެ.

އަލީ ރަމީޒަކީ ރާއްޖޭގެ ޔޫޓިޔުބް ހިންގާ ފަރާތްތަކުގެ ތެރެއިން ސަބްސްކްރައިބާސް އެންމެ ގިނަ އެކައުންޓެވެ. 

އަލީ ރަމީޒްގެ ޔޫޓިއުބް އެކައުންޓް ހެކްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހެކްކުރުމަށްފަހު އަލީ ރަމީޒުގެ ޔޫޓިއުބް އެކައުންޓްގެ ނަން ވަނީ "ޔޫއެސް ޓެސްލާ" ނަމަށް ބަދަލުކޮށްފައެވެ. އަދި ކުރިންހުރި ވީޑިއޯތައްވެސް ވަނީ ނުފެންނަގޮތް ހަދާފައެވެ.

އަލީގެ ޔޫޓިއުބް ހެކްކުރުމާ ގުޅިގެން އޭނާ ވަނީ ރަސްމީކޮށް އެކަން ޔޫޓިއުބްގެ ސަމާލުކަމަށް ގެނެސްފައެވެ.

އަލީ ރަމީޒަކީ ރާއްޖޭގެ ގިނަބަޔަކު ވަރަށް އިހުތިރާމްކުރާ މީހެކެވެ. ރާއްޖޭގެ ފާހަގަކޮށްލެވޭ ޝަހްސިއްޔަތުންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެބޮޑު ފޭން ބޭސްއެއްވެސް އޮންނަ އެކަކީ އަލީ ރަމީޒެވެ.

އިސްލާމީ ދައުވަތު ފެތުރުމުގައި އަލީ ރަމީޒު އަންނަނީ، ދީނީ އިލްމްވެރިންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ