އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
08 Oct 2024 | 10:54
ވެރިކަމަށް އައުމަށް ހެދީ ދޮގުތަކެއް؛ އެއިން ލިބުނު ގެއްލުމުގެ ޒިންމާ މި ސަރުކާރުގެ ވެރިން އުފުލަންޖެހޭ: ފައްޔާޒު

މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށް ހެދީ ދޮގުތަކެއް ކަމަށާއި، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ ސަރުކާރުގެ ވެރިން އުފުލަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ފައްޔާޒު ފާހަގަކުރައްވާފައިވަނީ، މިހާރުގެ ސަރުކާރުން އިންޑިއާއާއެކު ކުރިއަށްގެންދާ ގުޅުމަކީ އަވަށްޓެރިންނާއެކު ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

"ހައިޑްރޯގްރަފީ އެއްބަސްވުމާއި ޔޫޓީއެފް، އައްޑޫ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް، އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަޝްރޫޢު. މިހާރުގެ ސަރުކާރުގެ ލީޑަރުން ސިފަކުރި ގޮތުގައި މިއީ ކޮލޮނައިޒޭޝަން ޕްލޭނެއް. ނަމަވެސް މި މަޝްރޫޢުތަކާއިގެން ކުރިއަށްދިއުމުން ދައްކުވައިދެނީ އިންޑިއާއާއެކު އޮންނަ ގުޅުމަކީ ދިވެހިރާއްޖެއަށް ނުރައްކަލެއް ކަމުގައި ދެއްކުމަކީ ކިހާ ޒިންމާދާރުކަން ކުޑަ ކަމެއްކަން،" ފައްޔާޒު ވިދާޅުވިއެވެ.

އަދި ފައްޔާޒު ވިދާޅުވީ، ރައީސް މުޢިއްޒު އޭރު ދެއްކެވި ދެކޮޅުވެރި ވާހަކަތަކާއި އެންމެ ގާތް ބައިވެރިޔާއާއި ދުރުވުމުގެ ސަބަބުން ވަރަށް ބޮޑު އިޤްތިޞާދީ އަދި ސިޔާސީ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ މާލީ ދަތިތަކުން އަރައިގަތުމުގެ ޤާބިލުކަން ގެއްލި، މާލީ ބާޒާރުތަކުގައި ދިވެހިރާއްޖޭގެ އިތުބާރު ގެއްލި، ފައިނޭންސް ހޯދުމުގެ ޤާބިލުކަމަށް އަސަރުކޮށްފައިވާކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

”ރައީސް ޑރ. މުޢިއްޒަށް މި ޙަޤީޤަތް ދެނެގަތުމުގެ ވިސްނުން ނެތުމާއި، އެމީހުންގެ ފަރުވާކުޑަ ސިޔާސަތުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމުގެ ބައިނަލްއަޤްވާމީ އަގަށް ބޮޑު ގެއްލުމެއް ލިބި، އޭގެ ނަތީޖާ އާންމު ރައްޔިތުން ވަނީ ތަޙައްމަލުކުރަން ޖެހިފައި،" ފައްޔާޒު ވިދާޅުވިއެވެ.

މިއާއެކު ފައްޔާޒު ވަނީ، ބާރު ހޯދުމަށްޓަކައި ދޮގު ވާހަކަތައް ދައްކައި، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ މިހާރުގެ ސަރުކާރުގެ ވެރިން އުފުލަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.