ފަރުމަހުގެ މަސްވެރިކަން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
08 Oct 2024 | 12:39
ފަރުމަސް އެކްސްޕޯޓުކުރާ ފަރާތްތަކަށް ކެޗް ސެޓުފިކެޓު ދޫކުރަނީ

ފަރުމަސް އެކްސްޕޯޓުކުރާ ފަރާތްތަކަށް ކެޗް ސެޓުފިކެޓު ދޫކުރަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެވުޒާރާއިން މި ފިޔަވަޅު އަޅަން ނިންމީ، ޤާނޫނާ ޚިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއް ނެތި ކުރާ (އިލީގަލް، އަންރެގިއުލޭޓަޑް އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށެވެ.

މިކަމާއި ގުޅޭގޮތުން، މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ބަދަލުކުރެވޭ މަހާއި މަހުގެ އެންމެހައި އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައިވާ މަސްވެރިކަމަކުން ބާނައި، ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ ގޮތުން އެވުޒާރާއިން ޤާއިމުކޮށްފައިވާ ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމުގެ ތެރެއިން އެކްސްޕޯޓު ކުރެވޭ ކޮންމެ ފަރުމަހުގެ ޝިޕްމަންޓަކާ އެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމުކުރެވޭނެކަމަށާއި، ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު މެދުވެރިކޮށް އެކްސްޕޯޓުކުރާ ފަރުމަހުގެ ބާވަތްތައް ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތާއި، މަސް ބޭނި ތާރީޚު އަދި މަސް ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު އެއްކުރެވޭނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް، މި މަޢުލޫމާތުގެ އަލީގައި މަސް ބޭނީއްސުރެ މަހާއި މަހުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވެންދެން އެއުފެއްދުންތައް ކަޑައްތުކޮށްފައިވާ އެންމެހައި މަރުޙަލާތައް، ދެނެގަތުމަށް (ޓްރޭސަބިލިޓީ ޔަޤީންކުރުމަށް) މަގުފަހިވެގެންދާނެކަން އެވުޒާރާއިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
އެންތުރޮޕިކް އިން އަލީބާބާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް
އެންތުރޮޕިކް އިން އެމެރިކާގެ ސެނެޓަރުންނަށާއި ވައިޓް ހައުސްގެ އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އަލީބާބާގެ ކިއުވެން އޭ.އައި ލެބާ ގުޅުންހުރި ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފަށް 25،000 އަށްވުރެ ގިނަ ފޭކު އެކައުންޓު ހަދައިގެން ކްލޯޑް މޮޑެލްއަށް އެކްސެސް ހޯދާފައެވެ
27 Jun 2026
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ
27 Jun 2026
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށެވެ
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ
27 Jun 2026
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ
އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ
27 Jun 2026
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު
ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ