ބިބީ ޕްރިމިއާ ނައިޓް: "މިހާ ތަފާތު މަޖާ، ސަޅި ފިލްމެއް އޮލިމްޕަހަކުން އަދި ނުބަލަން"

ބިބީ ޕްރިމިއާ ނައިޓްގެ ތެރެއިން

ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އައި ޑާކްރެއިން އެންޓަރޓައިންމެންޓުގެ ފިލްމް "ބިބީ" ރޭވަނީ އޮލިމްޕަހުގައި ޕްރިމިއާކޮށްފައެވެ.

"ބިބީ" މި ފިލްމަކީ ހޮރޯ/ކޮމެޑީ ފިލްމެކެވެ. ބިބީ އޮލިމްޕަހުގައި އެޅުވުމުގެ ކުރިންވެސް ޑާކްރެއިނުން ދިން ޔަގީންކަމަކީ މިއީ ތަފާތު ފިލްމަކަށް ވާނޭ ކަމެވެ. ސަބަބަކީ މިއީ ހޮރޯ/ކޮމެޑީ ފިލްމެއް ދިވެހި ސިނަމާއަށް އައި ފުރަތަމަ ފަހަރެވެ.

ބިބީގެ ފުރަތަމަ ޝޯ، ރޭ އަޅުވާފައިވާއިރު، ފިލްމާ ގުޅޭގޮތުން ބެލުންތެރިން ދަނީ ސޯޝަލް މީޑިއާއަށް ތައުރީފް އޮއްސަމުންނެވެ. ޑާކްރެއިނުގެ ކޮންމެ ފިލްމަކީވެސް ދިވެހި ސިނަމާއަށް އިންގިލާބެއް ގެނައި ފިލްމެކޭ ބުނެވިދާނެއެވެ. 

Advertisement

މިއަދު އަރައިގެން އާ އިރާއެކު މުޅި ސޯޝަލް މީޑިއާގައި އެއް ވާހަކައަކަށް އޮތީ، ބިބީގެ ވާހަކައެވެ. އޮލިމްޕަހުގައި މިހާތަނަށް އެޅުވި ފިލްމުތަކާ އެ ފިލްމު ތަފާތު ކަމުގެ ވާހަކައެވެ. 

ބިބީގެ ޕޯސްޓަރު..

ބިބީ ބެލުމަށްފަހު މޫސާ ޢަނީ ކިޔާ މީހަކު ފިލްމާ ގުޅޭގޮތުން ބުނެފައިވަނީ، މި ފިލްމުގެ ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ޝަހުދާ މުހައްމަދުގެ ރޭޑިއޯ ޑްރާމާތައް އެންމެ އެޕިސޯޑެއްވެސް ވައްޓާނުލައި އަޑުއަހަމުން ގެންދާކަމަށާއި، ބިބީ އާ މެދު ކުރެވުނު އިންތިޒާރުވެސް ބޮޑުކަމަށެވެ. ބިބީގެ ވާހަކަ ރީތިވެފައި، ފިލްމު ބިރުވެރިކަމާ އެއްވަރަށް މަޖާބައިވެސް ހިމެނޭކަމަށް އޭނާ ފާހަގަކުރިއެވެ. 

ފިލްމުގެ އެކްޓަރުން އެމީހުންގެ ކެރެކްޓަރ ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާކަމަށާއި، މި ފިލްމަކީ ހުރިހާ މީހުންވެސް ބަލަންޖެހޭ ފިލްމެއްކަމަށް އޭނާ ބުންޏެވެ.

ބިބީ ޕްރިމިއާ ނައިޓްގެ ތެރެއިން..

ފިލްމް ބެލި ގިނަމީހުން ވަނީ ޑައިރެކްޓަރުގެ މޮޅުކަންވެސް ވަރަށްބޮޑަށް ފާހަގަކޮށްފައެވެ. އަދި މި ފިލްމަށް ޤައުމީ އެވޯޑުވެސް ހައްގުވާވަރަށް ފިލްމު މޮޅުކަމަށް ބިބީ ބެލި ގިނަ މީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ދިވެހި ސިނަމާއިން ބިރުވެރި މަޖާ ފިލްމެއް މީގެކުރިން ބަލާލުމުގެ ފުރުސަތު ލިބިފައިނެތްކަމަށާއި، މި ފިލްމަކީ ސަޅި ފިލްމެއްގެ ގޮތުގައި ފިލްމު ބެލި ގިނަ މީހުން ވަނީ ބުނެފައެވެ.

ބީބީ އާ ގުޅޭގޮތުން ބެލުންތެރިން ކުރި ބައެއް ކޮމެންޓް..

ބިބީ ޕްރޮޑިއުސް ކޮށްފައިވަނީ އާއިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގަ) އެވެ. މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޝަހުދާ މަހުމޫދެވެ. މިއީ އޭނާގެ ލިޔެ ޑައިރެކެޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ޕޯސްޓަރު ޑިޒައިންކޮށްފައިވަނީ ހޫދު އިބްރާހިމެވެ. ޕޯސްޓަރުގެ ލެޓަރިން އަބޯޝަފީއު އެވެ. އަދި ފިލްމުގެ ޓައިޓުލް މިއުޒިކް ތައްޔާރުކޮށްދިނީ ހުސައިން ތައުފީގެވެ.

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ، މިހާރު ސިނަމާގައި އެންމެ ނަންހިނގާ އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުން ތަޖުރިބާކާރު ފިލްމީތަރި ޝީލާ ނަޖީބުގެ އިތުރުން އިތުރު ތައާރަފަކަށް ބޭނުންނުވާ، އަހުމަދު ސައީދު، މަލީހާ ރަޒާން ރާމިޒުވެސް ފެނިގެންދިޔައެވެ. އަދި ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި އެތައް ފިލްމަކުން ފެނިގެންދިޔަ ކުޅަދާނަ އެކްޓަރު އިސްމާއީލް ވަޖީހުވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ބިބީގެ ޓިކެޓް އޮލިމްޕަހުން މިހާރު ވިއްކަމުންދާއިރު، ޑާކްރެއިނުން ވަނީ އޮލިމްޕަހަށް ނުގޮސްވެސް ޓިކެޓް ގަނެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. "ބިބީ" ގެ ހޮޓްލައިން ނަމްބަރު 9911229 އަށް ވައިބާ /ވަޓްސްއަޕް މެދުވެރިކޮށް މެސެޖް ކޮށްލުމުން ބޭނުންވާ ޝީޓެއް ޓިކެޓް ނެގުމަށް، އޮންލައިނުކޮށް ޓިކެޓަށް ފައިސާ ދައްކާލެވޭނެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement

ގުޅޭ ލިޔުންތައް
18 Oct 2024
ސްޕޯޓްސް އެވޯޑް: އެންމެ މޮޅު އެތްލީޓުގެ މަގާމު ދީމާ އަދި ޝައްފާންއަށް
18 Oct 2024
މި ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް 225 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: މިނިސްޓަރު
17 Oct 2024
ވިފާޤް ނިޔާވި މައްސަލައިގެ ރިޕޯޓްކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ލިޔުމެއްނޫން: ފުލުހުން
17 Oct 2024
ވިލާކޮލެޖް އަބަދުވެސް ދެމިއޮންނާނީ ފެންވަރު ރަނގަޅު މަތީތަޢުލީމު ފޯރުކޮށްދިނުމަށް: ގާސިމް
17 Oct 2024
ސްޕޯޓްސް އެވޯޑް: ސާއިދު މަގާމު ދިފާއުކުރިއިރު، އެންމެ މޮޅު ކޯޗުގެ މަގާމް ފާއިލް އަދި ނަޝްފާއަށް
17 Oct 2024
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓަރޕްލޭނެއް އެކުލަވާލުމަށް ރައީސް ނިންމަވައިފި
17 Oct 2024
އޭއައިގެ ފަންނިއްޔާތާ ގުޅޭ ޤާނޫނީ ފްރޭމްވޯކާއި މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސް ނިންމަވައިފި
17 Oct 2024
ރަޝިއާގެ އިންޒާރެއް އިޒްރާއީލަށް. "އީރާނުގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ހަމަލާދޭން ނޫޅޭތި"