ފަލަސްތީނަށް އެހީވުމަށް ހިންގި ހަރަކާތެއްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
10 Oct 2024 | 10:43
”އުއްމަތް ފަލަސްޠީނާއެކު“ ނަމުގައި ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް މާދަމާ!

”އުއްމަތް ފަލަސްޠީނާއެކު“ ނަމުގައި ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް މާދަމާބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

މި ހަރަކާތަކީ ”ޔޫތް ފޯ ޔުނިޓީ“ (ވައިފޯޔޫ) ޖަމިއްޔާގެ ޒުވާނުންއިސްނަގައިގެން، ރައިޓް މޫވމަންޓް، ބްލަޑް ޑޯނާސް، ކޭކު ޑޯނާސް، ޝީލަޑް ހުޅުމާލޭ ސްޕޯޓްސް ކްލަބު އަދި ދުވާފަރު އިސްލާމިކް މޫވްމަންޓްއާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

އެ ޖަމިއްޔާއިން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ބުނީ، މި ހަރަކާތުގެ މަޤްޞަދަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގަ ހިންގޭ ހަރަކާތްތައް ފަދައިން، ދިވެހީންގެ ހިތްތައް ފަލަސްޠީނާއެކު ދެމިއޮންނާނެކަމާއި، ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާކަން ދެއްކުން ކަމަށެވެ.

”ވަކި ޤައުމަކަށް ބެލުމެއްނެތި އުއްމަތުގެ ދިފާޢުގައި މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ މި ޙަރަކާތަކީ، އަޚުންނާއި އުޚުތުންގެ ޤުރުބާނީގެ ހަނދާންތައް އާކޮށްދޭ ހަރަކާތެއް. އަދި ފަލަސްތީނަށް ވެވެން އޮތް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަން ކަށަވަރު ކުރުން“ ވައިފޯޔޫ ޖަމިއްޔާއިން ބުނެފައިވެއެވެ. 

އެގޮތުން، ”އުންމަތް ފަލަސްޠީނާއެކު“ އިވެންޓްގެ ތެރެއިން މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

1. އާއިލީ ހަވީރު: މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހުފައިވަނީ މާދަމާ 4:15 އިން 6:00 އަށް ކަމަށް ބުނެފައިވެއެވެ.

2. ބޮޑު ހިނގާލުން: ބޮޑު ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ 8:00 ގައެވެ. ހިނގާލުން، ސޯޝަލް ސެންޓަރުން ފަށާއިރު ނިންމާ ގޮތަށް ހަމަޖެހިފައުވަނީ އާޓިފިޝަލް ބީޗުންނެވެ. 

3. ބޮޑު އެއްވުން: ހިނގާލުން ނިންމާލުމަށްފަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާދަމާރޭ 9:00 ވާއިރު ބޮޑު އެއްވުމެއް ބޭއްވުމަށް ހަމަޖެހުފައިވާ ކަމަށްވެސް ވައިފޯޔޫ އިން ބުނެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވާ ގޮތުން، އާއިލީ ހަވީރާއި ބޮޑު އެއްވުމުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހުފައެވެ. އަދި ހަރަކާތްތަކުން ލިބޭ ފައިސާ ފަލަސްތީނަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.