ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
10 Oct 2024 | 12:09
އިންޑިއާ ދަތުރަކީ ކާމިޔާބު ދަތުރެއް، ކަނޑައެޅި މަގްސަދު ހާސިލްވެއްޖެ: ރައީސް ޑރ.މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެ ދަތުރުފުޅު ކާމިޔާބު ކަމަށް ވިދާޅުވާ ސަބަބަކީ އެމަނިކުފާނު ކަނޑައެޅި މަޤްސަދުތައް ދަތުރުގެ ތެރެއިން ހާސިލްވެފައިވާތީ ކަމަށާއި، ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާގޮތަށް ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކެއްގެ މަސައްކަތް ފެށިގެން ގޮސްފައިވާކަމަށެވެ.

"މި ދަތުރު އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު. ކާމިޔާބު އަޅުގަނޑު މިހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑު ކަނޑައެޅި މަޤްސަދު ހާސިލްވާތީ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާގޮތަށް ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެން ދިޔައީމަ."

ރައީށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ، އެހެން ގައުމުތަކާއި ރާއްޖެ އާއި ދެމެދު ޚާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މެނިފެސްޓޯ ލޯންޗް ކުރަން ބޭއްވި ޖަލްސާގައި އިއުލާނު ކޮށްފައިވާކަމަށާއި، އަބަދުވެސް ކުރިއަށްގެންދާނީ އެ ސިޔާސަތު ކަމަށެވެ.

އެއީ، ދިވެހި ގައުމާއި، ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަން ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި، ވެހި ރައްޔިތުންނަށް، ދިވެހި ގައުމަށް ފަހިވާގޮތަށް ކަންކަން ހަމަޖެހިގެންދާ ގޮތަށް، ނޫނީ ރައްޔިތުންގެ ކަންކަމަށް ކަންކަން ފަހި ކުރެވޭ ގޮތަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާއި އެކީގައި ގާތް ގުޅުމެއް ބާއްވާނެކަމަށް ވިދާޅުވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެ ގާތްގުޅުން ބާއްވާއިރުގައި، އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން އަބަދުމެ ކަށަވަރު ކުރާނަމޭ. އެއީ ސިޔާސަތަކީ. އެއީ ސިޔާސަތުގެ މަތިން އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު މަސައްކަތްކުރާނީ އިރާދަކުރެއްވިއްޔާ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޑރ.މުޢިއްޒު ވަނީ މިކަމުގައި އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި އެއްވެސް ޝައްކެއް ނުބޭއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ވ
މިތަނުގާ އެހެންގައުމެއްގެސަގާފަތެއް ބޭނުމެއްނުވާނެ މިހާރުވެސްމިއުޅެނީ ސުކޫލުގާ ކަންތަޒްތަޒް ގިނަކަމުން
10 Oct 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.