މާލޭގެ މާރުކޭޓް ސަރަހައްދު--
ހަބަރު
10 Oct 2024 | 12:58
މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކާއި މުދާ އުފުލާ ގަޑިތަކަށް ބަދަލުތަކެއް ގެންނަނީ

މާލެފަހި ޕްރޮގްރާމްގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކާއި، ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަދަލު ގެނައުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެގޮތުން އެވުޒާރާއިން ބުނީ، މި ބަދަލާއެކު، ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރެވޭނެކަމަށެވެ.

މިކަން މާލެފަހި ޕްރޮގްރާމްގައި ހިމަނާފައިވަނީ މި ބަދަލަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއް ކަމުގައިވާތީކަމަށާއި، މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު އިތުރުވެފައިވާތީ، ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ގަބޫލުކުރާކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި އައު އުސޫލު ތަންފީޒުކުރުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި އެކު، ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ވެސް ބައިވެރިވާނެކަމަށާއި، މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުންވެސް، މި ޕްރޮގްރާމްގެ ދަށުން، ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމުގެ ގަޑިތައް ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، މި ގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ މި ބަދަލަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއް ކަމަށް ވާތީ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

 މި ބަދަލު ގެނައުމުން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ފާހަގަކުރެވޭ ލުޔެއް ލިބޭނެކަމަށް އުންމީދުކުރާކަމަށާއި، ދުވާލުގެ ވަގުތުތަކުގައި މަގުމަތީގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުގެ އަދަދު މަދުވުމުން، އާންމު ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ހިނގާބިނގާވެ ދަތުރުފަތުރު ކުރެވޭނެކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް ޑިވެލޮޕްމެންޓާއި، ކަމާ ގުޅުންހުރި އެހެނިހެން ސަރުކާރުގެ އިދާރާތަކާ ގުޅިގެން، މި ބަދަލު ގެނައުމުގެ ކުރިން ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުއެވެ.

ކޮމެންޓް
ޙޫން
ކޮން ސައިޒްއަކުން ފެށިގެން ކުޑަ އުޅަދެކޭތަ؟ އާދައިގެ ކުޑަ ޕިކަޕް އޯކޭ ދޯ؟
10 Oct 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.