ރަފައެލް ނަޑާލް
ކުޅިވަރު
10 Oct 2024 | 23:37
ރަފައެލް ނަޑާލް ކުޅުންހުއްޓާލަނީ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް، ކުރިއަށް އޮތް ޑޭވިސް ކަޕަށް ފަހު ޕްރޮފެޝަނަލް ކެރިއަރު ނިންމާލާނެކަން އިއުލާނުކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ނަޑާލްގެ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅޭ ފަހު މުބާރާތަކަށް ވެގެންދާނީ ނޮވެމްބަރު މަހު ސްޕެއިނުގެ މަލާގާގައި އޮންނަ ޑޭވިސް ކަޕް ފައިނަލްސް އެވެ.

މިދިޔަ ދެ އަހަރެއްހާ ދުވަހު، އަނިޔާގެ އެކި މައްސަލަތަކާ ހުރެ ނަޑާލް އަށް ކުޅެވުނީ މަދު މުބާރާތްތަކެއްގަ އެވެ. ޓެނިހުގެ ގްރޭންޑް ސްލޭމް 22 ތަށި ހޯދާފައިވާ ނަޑާލް، މިދިޔަ އަހަރު މިޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ މި އަހަރަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު ސީޒަން ކަމަށް ބުނެފަ އެވެ.

މިއަދު އާންމުކުރި ވީޑިއޯއެއްގައި ނަޑާލް ބުނެފައިވަނީ، މިއީ، އޭނާ ރިޓަޔަކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހަގީގަތުގައި މިދިޔަ ދެ އަހަރު މިދިޔައީ ވަރަށް އުނދަގޫކޮށް. އަހަންނަށް ޔަގީންވަނީ އުނދަގުލެއް ނެތި އަހަރެން ކުޅުނު އެއްވެސް މުބާރާތެއް ނޯންނާނެހެން،" ނޮވަކް ޖޮކޮވިޗަށް ވުރެ ފަހަތުގައި މި ވަގުތު އޮތް ޓެނިހުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ކުޅުންތެރިޔާ، ނަޑާލް ބުންޏެވެ.

ނަޑާލްގެ ކާމިޔާބީ ޓެނިސް ކެރިއަރުގައި އޭނާ ވަނީ 14 ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރުމުގެ އިތުރުން ޔޫއެސް އޯޕަން ތަށި ހަތަރު ފަހަރު، ވިމްބަލްޑަން އާއި އޮސްޓްރޭލިއަން އޯޕަން މިއިން ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އަދި ނަޑާލް ވަނީ އޮލިމްޕިކްސްގެ ސިންގަލްސް އާއި ޑަބަލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން، ސްޕެއިނަށް ފަސް ޑޭވިސް ކަޕް ހޯދައިދޭން އެހީތެރިވެދީފަ އެވެ. އެންމެ ފަހުން، އެ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް، ރެއާލް މެޑްރިޑްގެ އެމްބަސަޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަޑާލް ޓެނިހުގައި މަޝްހޫރުވެފައިވާ އެއް ނަމަކީ، "ކިންގް އޮފް ކްލޭ" އެވެ. އެއީ، ފްރެންޗް އޯޕަން މުބާރާތުގައި ކުޅުނު 116 މެޗުގެ ތެރެއިން 112 މެޗުން މޮޅުވެފައިވާތީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.