ދީން
11 Oct 2024 | 13:07
ޒިނޭކުރުމަށް ހުއްދަދެއްވުމަށް އެދި ރަސޫލާ ޞޢވ ގެ އަރިހަށް އައި މީހަކަށް ދެއްވި ޖަވާބު!

ޒިނޭ ކުރުމަށް ހުއްދަ ދެއްވުމަށް އެދި ރަސޫލާ ޞޢވ ގެ އަރިހަށް އައި، މީހަކަށް ރަސޫލާ ސޢވ ދެއްވި ފުރިހަމަ ޖަވާބާއެކު ޒިނޭގެ ހަޑި ހުތުރު ކަމާއި ނުބައި ކަމުގެ މައްޗަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފިއެވެ.

ޒިނޭ ކުރުމާއި ފާހިޝް ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ ދުނިޔޭގެ އަޚްލާޤު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށެވެ.

އެއީ الله ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާއެވެ. އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާއެވެ. އެއީ މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުޞީބާތެވެ. އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވައިފައެވެ. اللهގެ އަމުރުފުޅުތަކަށް ތަބަޢަވެ މުންކަރާތްތަކާ ދުރުހެލިވުމުންނެވެ. 

ޚުތުބާަ

މިއާއެކު ޚުތުބާގައި ބުނީ ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އެހެންނަމަވެސް އެކަމުން ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ الله ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާ ކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއާއެކު ޚުތުބާގައި ވަނީ ޒިނޭ ކުރުމަށް ހުއްދަ ދެއްވުމަށް އެދި ރަސޫލާ ސޢވ ގެ އަރިހަށް ވަޑައިގެންނެވި މީހަކަށް ދެއްވި ޖަވާބުގެ މައްޗަށް އަލިއަޅުވާލާފައެވެ.

”އެއް ދުވަހު ކީރިތި ރަސޫލާ ސޢވގެ އަރިހަށް ޒުވާނަކު އައިސް ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! ތިމަންނާ ޒިނޭކުރުމަށް ހުއްދަދެއްވާށެވެ! އެ ހިނދު މީސްތަކުން އޭނާ ވަށައިލައި އޭނާއަށް ޢައިބުގެ ބަސްތައް ރައްދުކުރަމުން ބުންޏެވެ. "ތިބާ ތިޔަވާހަކަ ނުދައްކައި ހަނު ހުންނާށެވެ!"

ދެން ކީރިތި ރަސޫލާ ސޢވ އެ ޒުވާނާއަށް ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!"

ދެން އޭނާ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އަދި އެތާނގައި އިށީނެވެ. އިތުރު އެކަލޭގެފާނު އޭނާއަށް ހަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައާ އެކު މީހަކު ޒިނޭކުރުމަށް ތިބާ ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މާތް الله ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!"

އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މައިންނާ އެކު މީހަކުޒިނޭކުރާކަށް ނުރުހޭނެތެވެ." 

އަދިވެސް ސުވާލުކުރެއްވިއެވެ. "ތިބާގެ އަންހެންދަރިފުޅު ޒިނޭކުރާން ތިބާ ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މާތް الله ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" 

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެއަންހެން ދަރިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ."

އަދިވެސް ސުވާލުކުރެއްވިއެވެ. "ތިބާގެ އުޚުތާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "الله ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިކަމަކަށް ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށްޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އުޚުތުންނާ އެކު މީހަކު ޒިނޭ ކުރާކަށް ނުރުހޭނެތެވެ."

އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ ބަފާފުށު ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާންރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "الله ގަންދީ ދަންނަވަމެވެ. އަޅުގަނޑުތިޔަކަމަކަށް ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަންލައްވާށިއެވެ!"

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެބަފާފުށު ބޮޑުދައިތައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ."

އަދިވެސް ސުވާލުކުރެއްވިއެވެ. "ތިބާގެ މައިފުށުގެ ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "الله ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިޔަކަމަކަށް ނުރުހޭނަމެވެ. މާތްالله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!"

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިންނާ އެކު މީހަކުޒިނޭކުރާކަށް ނުރުހޭނެތެވެ."

އެއަށްފަހު ކީރިތި ރަސޫލާ ސޢވ ޒުވާނާގެ ގައިގައި އަތްޕުޅުއަޅުއްވައިފައި ދުޢާ ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ޒުވާނާގެ ފާފަފުއްސަވައި، އޭނާގެ ހިތް ޠާހިރުކުރައްވައިފާނދޭވެ! އަދި އޭނާ ޢިއްފަތްތެރިކުރައްވައިފާނދޭވެ!" އޭގެ ފަހުން އެ ޒުވާނާ ދުވަހަކު ވެސް އެފަދަ ކަމަކާ މެދު ނުވިސްނައެވެ.

ޚުތުބާގައި އިތުރަށް ބުނީ ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށް، އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެން ކަމަށެވެ.

އަދި ކީރިތި ރަސޫލާ ސޢވގެ ބަސްފުޅަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތުކަމަށެވެ. 

މިއާއެކު ޚުތުބާގައި ވަނީ ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ޤާއިމުކޮށް، ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކޮށް، ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައެވެ. އަދި ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތު ވުމުގެ ކުރީން ތައުބާވުމަށްވެސް ނަސޭހަތްތެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ