ކޫއްޑޫ އެއާޕޯޓް
ހަބަރު
12 Oct 2024 | 21:04
ކޫއްޑޫ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތް ނިންމައި، ވަރަށް އަވަހަށް އާއްމު ހާލަތަށް ގެނެވޭނެ: އަމީން

ކޫއްދޫ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތް ނިންމައި، ވަރަށް އަވަހަށް އާއްމު ހާލަތަށް ގެނެވޭނޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ކޫއްޑޫ އެއާޕޯޓް މައްސަލާގައި މިނިސްޓަރު އަމީން އެކްސްގައި މިއަދު ވިދާޅުވީ، މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ޙާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީގެއްލުމާ ގުޅިގެން ކަމަށެވެ.

މިނސްޓަރ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހައް މަރާމާތުގެ މަސައްކަތް ނިންމައި އާއްމު ހާލަތަށް ގެނެވޭނޭކަމަށް އަމީން ވިދާޅުވިއެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ވަރަށްބޮޑަށް ހަލާކުވުމާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އިއްޔެއިން ފެށިގެން ކޫއްޑޫއަށް އުދުހުންތައް ހުއްޓާލާފައެވެ. 

ކޫއްޑޫ އެއާޕޯޓް ހިންގަނީ ޕްރިސްޓަން ކިޔާ ކުންފުންޏަކުންނެވެ. ކޫއްޑޫ އެއާޕޯޓް ތަރައްޤީކޮށްގެން ހިންގާގޮތަށް އެކުންފުންޏަށް ވަނީ ދެ ރިސޯޓް ހަދައިގެން ހިންގަން ދީފައެވެ. ޕްރިސްޓަން ކުންފުނިން ދަނީ އެކުންފުންޏަށް ލިބުނު ދެ ރަށުގައި ރިސޯޓް ހަދައި ނިކަން ރަނގަޅަށް އެ ދެ ރަށް ހިންގަމުންނެވެ. އެ ދެ ރިސޯޓަކީ ފަސްތަރީގެ ޕުލްމޫން މާމުޓާ ރިސޯޓާއި، ހަތަރު ތަރީގެ މާކިއޯ މޯލްޑިވްސްއެވެ.

ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަހަރެވެ. އެ އެއާޕޯޓަކީ އެ ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭ ރަނގަޅަށް މަރާމާތުނުކުރާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.