އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
13 Oct 2024 | 11:28
ބޭސް ސިޓީއަށް ސަލާންޖެހުމުގެ ސަގާފަތް ރާއްޖޭގައި އަނެއްކާ ފެށިގެން މިދަނީ: ޝާހިދު

ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް ރާއްޖޭގައި އަނެއްކާވެސް ފެށިފައިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ހދ. ކުޅުދުއްފުށީގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރަށް ވެރިކަން ލިބިއްޖެނަމަ، އާސަންދައިން ހިލޭ ބޭސްފަރުވާކުރުން ސަލާން ޖެހުމަށް ބަދަލުވާނެކަމަށް އެމްޑީޕީން ބުނި ކަމަށެވެ. 

އިންޑިއާގެ ވަރަށްގިނަ ހޮސްޕިޓަލްތަކުން އާސަންގެ ހިދުމަތް ކަނޑާލާފައިވާކަމަށާއި، ދުބާއީ އާއި ބެންކޮކަށް އާސަންދައިން ފުރައިގެންދާ މީހެއްގެ ހަބަރު މަދުން ނޫނީ ނީވޭކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިން ރައްޔިތުންގެ އަރިހުގައި މި އަނިޔާވެރި ފިކުރަށް ޖާގަ ލިބިއްޖެނަމަ އާސަންދައިން ހިލޭ ބޭސްފަރުވާކުރުން ބަދަލުވެގެންދާނެއޭ ސަލާން ޖެހުމަށް، ބޭސް ސިޓީއަށް ސަލާޖެހުމުގެ ސަގާފަތް އަނެއްކާ ފެށިގެން ރާއްޖޭގައި މިދަނީ، އެބޭފުޅުން ވިދާޅުވި އިންޑިޔާއަކުން ނޫނޭ ދެން ތިމަންނަމެން އާސަންދައިގެ ހިދުމަތްދޭނީ، ދުބާއީއަށް، ބެންކޮކުންނޭ، ތެދުފުޅެއް އިންޑިއާގެ ވަރަށްގިނަ ހޮސްޕިޓަލްތަކުގެ އާސަންގެ ހިދުމަތް މިހާރު ކަނޑާލައިފި، ދުބާއީއަށް ބެންކޮކަށް އާސަންދައިން ފުރައިގެންދާ މީހެއްގެ ހަބަރު މަދުން ނޫނީ ނީވޭ،"

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށެވެ.

މީގެ ތެރެއިން، މިނިވަން ކަމާއި ލާމަރުކަޒީ ފިކުރާއި އެކުވެރިކުރުމާއި އެއްބައިވަން ކުރުމުގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ކަމަށާއި، އެޕާޓީން ގެންގުޅެނީ ތެދުވެރިކަމާ އެކު މަސައްކަތްކޮށް ކާމިޔާބުގެ ހަރުފަތްތައް ހާސިލް ކުރުމުގެ ފިކުރުކަމަށް ޝާހިދު ވިދާޅުވިއެވެ.

"ވާދަވެރި ފިކުރަކަށް މިއޮތީ މިއަދު މިއޮތް ސަރުކާރު ނިސްބަތްވާ ފިކުރު، ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފްރަތު އުފެއްދުމާއި، އަޅުވެތި ކުރުމާއި، ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެ ގަތުގެ ފިކުރާއި އަނިޔާވެރި ކަމުގެ ފިކުރު،"

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިއަދު ކަން ދިމާވިގޮތުން ރާއްޖޭގެ ވެރިކަމަށް އައިސްފައި އޮތީ އަނިޔާވެރިކަމާއި އޮޅުވާލުމާއި މަކަރާއި ނަފްރަތާއި ކަންކަން ނެތިކޮށްލުމުގެ ފިކުރު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.