ފުލުހުން ބޭއްވި ޕްރެސްގެ ތެރެއިން..
ހަބަރު
13 Oct 2024 | 20:04
ވިފާގު މަރުގެ މައްސަލާގައި މީޑިއާއަކުން ވަނީ ދޮގުހަބަރު ފަތުރާފަ: ފުލުހުން

ވިފާގް މަރުގެ މައްސަލައާ ގުޅޭގޮތުން ރިޕޯޓްކޮށްފައިވަނީ، ބައެއް ކަންކަމުގެ އަސްލު އޮޅުވާލައިގެންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު މަރުވި ވިފާގު އިބްރާހިމް އަދުނާނުގެ މަރުގެ މައްްސަލައާ ގުޅޭގޮތުން މީޑިއާއަކުން ގެނެސްދިން ރިޕޯޓާ ގުޅިގެން، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ.

އެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ރިޕޯޓްގައި ބައެއް ކަންކަން ގެނެސްދީފައިވަނީ ބައެއް ކަންކަމުގެ އަސްލު އޮޅުވާލާފައިކަމަށެވެ. ރިޕޯޓްގައި ވަނީ ވިފާގް މަރުގެ މައްސަލާގައި އޭނާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި ރިޕޯޓްގައި ވަނީ މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުންނަށްވެސް ކަންތައްތަކެއް ތުހުމަތުކޮށްފައެވެ.

ޝިފާއު ވިދާޅުވީ، ރިޕޯޓްގައި ފުލުހުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން ރިޕޯޓްގައި ގެނެސްދީފައިވާ ޒާތީ މައުލޫމާތުތަކުގައި ހަގީގަތާ ހިލާފް ވާހަކަތައް ހިމެނޭކަމަށާއި، އަދި ޖިންސީ ގޯނާކަމަށް ތުހުމަތުކުރި ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާގެ ހަށިގަނޑުން ފާހަގަކުރެވިފައި ނުވާކަމަށެވެ.

ވިފާގަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި މީހެއްކަން ފާހަގަކުރަމުން ފުލުހުން ބުނީ، ރިޕޯޓްގައި ފުލުހުންގެ ވާހަކަ ގެނެސްފައިވާއިރު، އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބަހެއް ހޯދާފައި ނުވާކަމަށެވެ. އެ މައްސަލައިގެ ވާހަކަ ރިޕޯޓްކުރިއިރު، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރަމުން ޝިފާއު ވަނީ، ރިޕޯޓްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ. ވިފާގް މަރުގެ މައްސަލައަކީ މިހާރުވެސް ފުލުހުން ތަހުގީގް ކުރަމުން އަންނަ މައްސަލައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ވިފާގް މަރުވެފައިވަނީ އޭނާ ދިރިއުޅެމުން އައި ހ. ހަސޯވާގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ. މި މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް އަދި ތުހުމަތު ކުރެވިފަ ނުވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.