Bibi poster
ހަބަރު
14 Oct 2024 | 08:35
"ބިބީ" ގެ ފަހު ޝޯތައް އޮލިމްޕަހުގައި ފަށައިފި

އޮލިމްޕަހުގައި މިހާރު ދައްކަމުންދާ ހޮރޯ/ކޮމެޑީ ފިލް "ބިބީ" ގެ ފަހު ޝޯތައް ފަށައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބިބީގެ ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގަ) ބުނީ، އޮލިމްޕަހުގައި ބިބީ ގެ ފަހު ޝޯތައް ފަށައިގެން ކުރިއަށްދާކަމަށެވެ. ފަހު ޝޯ ދެއްކުމަށް ނިންމާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގެ ރެއެވެ. 

ބިބީގެ އެންމެފަހު ޝޯ 20 ވަނަ ދުވަހަށް ތާވަލްކުރަންޖެހުނީ އޭގެ ފަހުން އޮލިމްޕަސް ލިބެން ނެތުމުންނެވެ. ބިބީ ޕްރިމިއާކޮށްފައިވަނީ މިހިނގާ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.

ފިލްމްގެ ރިވިއުތަކަށް ބަލާއިރު، ގިނަ ބަޔަކު ބުނެފައިވަނީ މި ފިލްމަކީ ދިވެހި ސިނަމާއަކުން މިހާތަނަށް ފެނުނު އެންމެ ތަފާތު ފިލްމު ކަމަށެވެ. އެގޮތުން ފިލްމްގެ ވާހަކަ އަދި ޑައިރެކްޝަނުގެ ފުރިހަމަ ކަމުގެ ވާހަކަ މި ފިލްމު ބެލި ގިނަ ފަރާތްތަކަކުން ވަނީ ދައްކާފައެވެ. 

ބިބީ ޕްރޮޑިއުސް ކޮށްފައިވަނީ އާއިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގަ) އެވެ. މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޝަހުދާ މަހުމޫދެވެ. މިއީ އޭނާގެ ލިޔެ ޑައިރެކެޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. 

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ، މިހާރު ސިނަމާގައި އެންމެ ނަންހިނގާ އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުން ތަޖުރިބާކާރު ފިލްމީތަރި ޝީލާ ނަޖީބުގެ އިތުރުން އިތުރު ތައާރަފަކަށް ބޭނުންނުވާ، އަހުމަދު ސައީދު، މަލީހާ ރަޒާން ރާމިޒުވެސް ފެނިގެންދިޔައެވެ. އަދި ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި އެތައް ފިލްމަކުން ފެނިގެންދިޔަ ކުޅަދާނަ އެކްޓަރު އިސްމާއީލް ވަޖީހުވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ބިބީގެ ޓިކެޓް އޮލިމްޕަހުން މިހާރު ވިއްކަމުންދާއިރު، ޑާކްރެއިނުން ވަނީ އޮލިމްޕަހަށް ނުގޮސްވެސް ޓިކެޓް ގަނެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. "ބިބީ" ގެ ހޮޓްލައިން ނަމްބަރު 9911229 އަށް ވައިބާ /ވަޓްސްއަޕް މެދުވެރިކޮށް މެސެޖް ކޮށްލުމުން ބޭނުންވާ ޝީޓެއް ޓިކެޓް ނެގުމަށް، އޮންލައިނުކޮށް ޓިކެޓަށް ފައިސާ ދައްކާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.