ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރަން އުޅެނިކޮށް އަތުލައިގެން ޝިޕްމަންޓް--
ހަބަރު
15 Oct 2024 | 10:15
ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިމެނޭ ޝިޕްމެންޓްތަކެއް ހުއްޓުވައިފި

ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިމެނޭ ޝިޕްމެންޓްތަކެއް ކަސްޓަމްސް އިން ހުއްޓުވައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ވޭޕް އޮއިލް" ގެ ނަމުގައި ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމެންޓްތަކެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރެއްވުމަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބުކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ވަޒީރު ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު ކެނަބިސް އަޅާފައިވާ ވޭޕް ކާޓްރިޖްތަކެއް ހިފެހެއްޓުނުކަން ހާމަކޮށްފައެވެ.

ވަޒީރު ވިދާޅުވީ، ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ އިން ފެށިގެން މަނާ ކުރުމަށާއި، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި އެ ބޭނުންކުރުން މަނާކުރަން ނިންމަވާފައިވާކަން ރައީސް ޑރ.މުޢިއްޒު ވަނީ އިއްޔެ ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ
27 Jun 2026
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ
އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ
27 Jun 2026
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު
ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ
27 Jun 2026
ޑެމްބެލޭގެ ހެޓްރިކާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް އަނެއްބުރަށް
މިމެޗްގައި ޑެމްބެލޭ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްގެ ރެކޯޑް ގާއިމްކޮށްފައެވެ
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.