ޔޫކްރެއިންގެ ރައީސް-- ފޮޓޯ: އެމްއެސް
ދުނިޔެ
15 Oct 2024 | 13:12
އުތުރު ކޮރެއާއިން ރަޝިއާއަށް އެހީވުމަށް ސިފައިން ފޮނުވިކަމަށް ޒެލެންސްކީ ތުހުމަތުކޮށްފި

ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ހިނގަމުންދާ ހަނގުރާމާއިގައި، އުތުރު ކޮރެއާއިން ރަޝިއާއަށް އެހީވުމަށް ސިފައިން ފޮނުވިކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ތުހުމަތު ކޮށްފިއެވެ.

ރަޝިއާ އާއި އުތުރު ކޮރެއާ އާއި ދެމެދު އޮތް ގުޅުމާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ޒެލެންސްކީ އާއްމު ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެދެގައުމުގެ މެދުގައި މިހާރު ބަދަލުކުރަމުންދަނީ ހަމައެކަނި ހަތިޔާރު ނޫންކަމަށާއި، ސިފައިންވެސް މި ހަނގުރާމައަށް ފޮނުވަމުންދާކަމަށެވެ.

މިއާއިއެކު، ޒެލެންސްކީ ވަނީ  ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް އެގައުމަށް އެހީތެރިވާ ގައުމުތަކަށް ގޮވާލައްވާފައެވެ.

ޒެލެންސްކީ މިފަދައިން ތުހުމަތު ކުރައްވާފައިމިވަނީ ރަޝިއާ އާއި އުތުރު ކޮރެއާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހި ވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ދެ ގަރުނަށްފަހު، ދާދި ފަހުން ރަޝިއާގެ ރައީސް ވްލަޑްމީރް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޒެލެންސްކީގެ މި ތުހުމަތުތައް ރަޝިއާއިން ދޮގު ކުރިނަމަވެސް ދެކުނު ކޮރެއާއިން ވަނީ، މި ކަމާއި ގުޅޭ ކަންކަން މިދިޔަ ހަފްތާއިން ފެށިގެން އެގައުމުން ބަލަމުން އަންނަކަމަށާއި، ޒެލެންސްކީގެ ތުހުމަތުތަކަކީ ހަގީގަތެއްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ