ދިވެހި ބޭސް ހެދުމަށް ބޭނުންކުރާ ބައެއް ތަކެތި-- ފޮޓޯ: މިހާރު
ހަބަރު
15 Oct 2024 | 13:26
ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަނީ

ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް  މޮލްޑިވްސް ޕޮލިޓެކްނިކުގެ ސީއީއޯ ޛޫޝާން ކަމާލުއްދީނީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހު، ޛޫޝާން ވިދާޅުވީ މިއީ ކާމިޔާބު ދަތުރުރެއްކަމަށެވެ.

މިގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް ހިއުމަން އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަސް ފަސޭހަވެގެން ދާކަމަށާ، އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ފަސޭހަވެގެންދާކަމަށް ޛޫޝާން ވިދާޅުވިއެވެ.

ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަ ކުރައްވަމުން ޛޫޝާން ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖެއިން ނެތިގޮސްދާނެކަމުގެ ބިރު އޮތް، ދިވެހި ބޭސްވެރިކަމުގެ ފަންނުވެރިންނާއި ދިމާވެ، އެބެފުޅުންނާއި ގުޅިގެން އެ ދާއިރާއިން ކޯސްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުވެރިފައިވާކަމަށާއި، އަމާޒަކީ އަންނަ އަހަރު އެކޯސްތައް ފެށޭވަރުކުރުންކަމަށެވެ.

މިގޮތުން، 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަން ޛޫޝާން ހާމަކުރެއްވިއެވެ.

"ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް. މި މަޤްސަދު ކާމިޔާބުކުރުމަށް އަމާޒުކޮށް، ޕޮލިޓެކްނިކް އިން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތަޢާރަފްކުރުމަށް ކަނޑައަޅާފަ. އެގޮތުން، ޕޮލިޓެކްނިކުން މި އަންނަނީ 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތްތަށް ފަށުމަށް ތައްޔާރުވަމުން."

ޛޫޝާން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އިން ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.