ފައްޔާޒް
ހަބަރު
15 Oct 2024 | 16:15
ޓެކްސް ރޭޓަށް ބަދަލު ގެންނަން ނިންމިގޮތް ވަރަށް ގޯސް: ފައްޔާޒް

ސަރުކާރުގެ ފަރާތުން ޓެކްސް ރޭޓަށް ބަދަލު ގެންނަން ނިންމިގޮތް ބަލައިނުގަނެވޭނޭކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ގެނެސްދޭ ހަވަރުބެރު، ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސަރުކާރުގެ ފަރާތުން ޓޫރިޒަމް ދާއިރާގެ ބައެއް ޓެކްސްތަކާއި، އެނޫންވެސް ބައެއް ފީތައް ބޮޑުކުރަން މަޖިލީހަށް ހުށަހެޅި މައްސަލާގައި ފައްޔާޒް ވިދާޅުވީ، ސަރުކާރުން ޓެކްސްތަކަށް ބަދަލުގެނައުމަށް ނިންމާފައިވަނީ، އިގްތިސާދީ އަދި ޓޫރިޒަމް ދާއިރާގެ ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އެންމެފަހުން ޓެކްސްތައް މުރާޖައާކޮށް ޓީޖީއެސްަޓީ ފަދަ ޓެކްސްތައް ބޮޑުކުރީ ވަރަށްބޮޑަށް ވިސްނާފައި ކަމަށާއި، އެގޮތުން އޭރު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ރާއްޖޭގެ އިގްތިސާދު އޮތްގޮތުން އެކަމަށް އިރުޝާދު ދީފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީން ޓެކްސްތައް ބޮޑުކުރީ، ޓެކްސް ރޭޓަށް ބަދަލު ނުގެންނަތާ ގިނަ އަހަރުތަކަކަށް ފަހުގައި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުން ޓެކްސް ރޭޓް ބޮޑުކުރުމަށް ނިންމާފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިއާއަށްވެސް އެކަމުގެ ބުރަ ބޮޑުވާގޮތަށް ކަމަށެވެ. އެއާޕޯޓް ފީތައް ބޮޑުކޮށް އަދި ޓެކްސް ރޭޓް ބޮޑުކުރުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ މިސްރާބް އެހެން ދިމާލަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންނާ ވާދަވެރި މާކެޓްތައް މިހާރު އެދަނީ ވަރަށް ބާރަށް ކުރިއަރަމުން. އެމީހުންގެ ޓެކްސް ރޭޓްތައްވެސް ކުޑަ. އަނެއްކޮޅުން ރާއްޖެ ކަހަލަ ތަންތަން އެބަހުރި ވާދަވެރި މާކެޓް ތެރޭ. މިކަހަލަ ދަނޑިވަޅެއްގައި މިކަން މިގޮތަށް ކުރެވިގެން ނުވާނެ

ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ފަތުރުވެރިން މިހާރު ރާއްޖެ އަންނަނީ ވަރަށް ކުޑަ އަގުތަކެއްގައި ކަމަށާއި، ސަރުކާރަށް ޓެކްސް ދެއްކިނަމަވެސް ހުންނަ ތަނަށް ކުރަންޖެހޭ ހަރަދު ކުރިއާ ހިލާފަށް މިހާރު އަގުހެޔޮ ކަމަށެވެ. ރިސޯޓްތަކުން މިހާރު ފަތުރުވެރިން ރާއްޖެ ގެންނަނީ ވަރަށްބޮޑަށް އަގުތައް ދަށްކުރުމަށްފަހު ކަމަށާއި، ކުރިން ރިސޯޓްތަކަށް ބޮޑެތި އަގުތައް ލިބުނު ނަމަވެސް މިހާރު އެ އަގުތައް ނުލިބޭ ކަމަށެވެ. ޓެކްސް ރޭޓްތައް ބޮޑުކުރުމުން އެ އަގުތަކަށް ތަންތަން ނުވިއްކޭނޭކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޓެކްސް ރޭޓަށް މިހާރު ގެންނަން އުޅޭ ބަދަލަށް އަމަލުކުރަން ފަށައިފިނަމަ، އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށާއި، މިއީ ކުއްލިއަކަށް ނިންމަންޖެހޭ އުސޫލުން ނިންމަންޖެހޭ ފަދަ ކަންތައްތައް ނޫންކަމަށެވެ

ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ބައެއް ޓެކްސްތައް ނަގަމުން އަންނަ ރޭޓް ބޮޑުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. ރޭޓް އިތުރުކުރުމަށް ހުށަހެޅި ޓެކްސްތަކުގެ ތެރޭގައި ޓީޖީއެސްޓީ އާއި، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅާފައިވާ މި ބިލްގައި ވާގޮތުން މިހާރު 16 އިންސައްތައިގެ ރޭޓްގައި ނަގަމުން އަންނަ ޓީޖީއެސްޓީ ޓެކްސް ރޭޓް ވަނީ، އަންނަ އަހަރުގެ ޖޫންމަހުން ފެށިގެން 17 އިންސައްތައަށް އިތުރުކުރުމަށް ހުށަހަޅާފައެވެ. މީގެ އިތުރުން ގްރީން ޓެކްސް ވަނީ 50 އިންސައްތަ އިތުރުކުރުމަށް ނިންމާފައެވެ. 

ބިލް ހުށަހެޅި ފަރާތުން ބުނެފައިވަނީ ޓީޖީއެސްޓީ ޓެކްސް ރޭޓް އިތުރުކުރުމުން 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 201.9 މިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

ކޮމެންޓް
ނަޝީދު
ކަލޭ ކޯޓާފީ, އިތުރަށް ބިދޭސީންގެ ފީ ބޮޑު ކުރީ ކީއްވެގެން. ކޯޓާފީ އެއީ ދުވަހަކު ވެސް ނުނަގާ އެއްޗެއް ކުރިން ވެރިކަން ކުރި އެކަކަށް ވެސް ދެން ވެރިކަމަކަށް ނާދެވޭނެ.
15 Oct 2024
ސައްލޭ
ކަލޭ ކޯޓާފީ ބޮޑު ކުރީ ރަގަޅައްތަ؟
15 Oct 2024
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.