ނިޔުކްލިއަރ ސަބްމެރިންއެއް
ދުނިޔެ
15 Oct 2024 | 17:09
ނިއުކްލިއަރ ސަބްމެރިންތަކާއެކު އިންޑިއާއިން އަސްކަރީ ގާބިލްކަން އިތުރުކުރަނީ

އިންޑިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް 2 ނިއުކްލިއަރ ސަބްމެރިން އިތުރުކޮށް، އެމެރިކާގައި އުފައްދާ ދުރު ރާސްތާ 31 އަސްކަރީ ޑްރޯން ގަތުމަށް އިންޑިއާއިން ނިންމައިފިއެވެ.

ޗައިނާއާއި އަސްކަރީ ވާދަވެރިކަން އިތުރުވެފައިވާ މިދަނޑިވަޅުގައި އިންޑިއާގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް މި ނިންމުން ނިންމާފައިވަނީ އިންޑިއާގެ ކެބިނެޓްގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީއިންނެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

ޒަމާނީ ހަތިޔާރާއި، ކުރީއްސުރެވެސް ބޭނުންކުރާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިގެންވާ 2 ސަބްމެރިންގެ ހުރިހާ މަސައްކަތެއް ކުރާނީވެސް އިންޑިއާގައެވެ. ނިއުކްލިއަރ ހަކަތައިން ދުއްވާނެ މި ސަބްމެރިންތަކަކީ އިންޑިއާގައި އުފައްދާ މިފަދަ ފުރަތަމަ ސަބްމެރިންތަކެވެ. އާއްމުކޮށް ބޭނުންކުރާ ޑީސަލް އަދި އިލެކްޓްރިކް ސަބްމެރިންތަކަށްވުރެ ނިއުކްލިއަރ ސަބްމެރިންތަކުގެ ދުވެލި ހަލުވިވެފައި، ކަނޑުއަޑީގައި ޒަމާންތަކެއް ވަންދެން އޮޕަރޭޓްކުރުމުގެ ގާބިލްކަންވެސް މި ސަބްމެރިންއަށް ލިބިގެންވެއެވެ.

އޮސްޓްރޭލިއާ، އެމެރިކާ އަދި އިނގިރޭސިވިލާތުން ގުޅިގެން އުފައްދާފައިވާ އޯކަސް ޕާޓްނަރޝިޕް މެދުވެރިކޮށް އެގައުމުތަކުންވެސް ދަނީ ފަހުގެ ޓެކްނޮލޮޖީގެ ސަބްމެރިންތައް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. މިހާތަނަށް ނިއުކްލިއަރ ހަކަތައިން ދުއްވާ ސަބްމެރިން އުފައްދާ އޮޕަރޭޓްކުރަނީ ހަމައެކަނި އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސީ ވިލާތް އަދި ޗައިނާ އާއި ރަޝިޔާއިންނެވެ. މިއީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ކުރާ 5 ގައުމުވެސް މެއެވެ.

އިންޑިއާއިން ގެންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ބާރު ގަދަކުރުމަށް މަސައްކަތްތައް ކުރަމުންނެވެ. އިންޑިއާއަކީ ޗައިނާގެ ނުފޫޒާއި ދެކޮޅަށް އުފައްދާފައިވާ އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ ހިމެނޭ ކުއަޑްގެ މެމްބަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.