ބަންޑާރަ ނައިބު އަހުމަދު އުޝާމް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Oct 2024 | 14:44
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ،  ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި މިހާރު ކުރިއަށްދަނީ އެ މަސައްކަތް ޑްރާފްޓް ކުރުން ކަމަށެވެ.

"އެކަން ކުރާނެ. މިވަގުތު ޑްރާފްޓިން ސްޓޭޖްގައި މި އުޅެނީ."

އުޝާމް ވިދާޅުވިއެވެ.

މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ ކަމަށް ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ބަޔާން ކުރެއެވެ. އެހެންނަމަވެސް، ހުޅުމާލެ އަކީ މާލޭގެ އަވަށަކަށް ވީނަމަވެސް، 2012 ވަނަ އަހަރު، ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ޖޭއެސްސީން ވެސް ހުޅުމާލޭ ކޯޓު އުވާލުމަށް މަސައްކަތްކުރިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ
27 Jun 2026
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ
އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ
27 Jun 2026
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު
ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ
27 Jun 2026
ޑެމްބެލޭގެ ހެޓްރިކާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް އަނެއްބުރަށް
މިމެޗްގައި ޑެމްބެލޭ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްގެ ރެކޯޑް ގާއިމްކޮށްފައެވެ
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.