މެމްބަރު އިބްރާހީމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަ ދައްކަވަނީ..
ހަބަރު
16 Oct 2024 | 22:41
ޓޫރިޒަމަށް ގެއްލުންވާ ވާހަކަ ދެއްކުމުގެ ހައްގެއް އެމްޑީޕީއަކަށް ނޯންނާނެ: މެމްބަރު އިބްރާހީމް

ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެމްޑީޕީއަކަށް ނޯންނާނޭކަމަށް، މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޓެކްސް ރޭޓަށް ބަދަލުގެނައުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހީމް ވިދާޅުވީ، ޓެކްސްގެ ވާހަކައާ ގުޅުވައިގެން އެމްޑީޕީއަށް ޓޫރިޒަމޭ ކިޔައިގެން ވާހަކަ ދެއްކޭނޭ އެއްވެސް ހަމައެއް ނޯންނާނޭކަމަށެވެ. ސަބަބަކީ އެމްޑީޕީއަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލުމުގައި ދިގު ތާރީހެއް އޮތް ބަޔަކަށްވާތީކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

ދިވެހިންގެ ހައިސިއްޔަތުން ބޭރުގެ އެކި މީޑިއާތަކާއި، އެނޫންވެސް ރަސްމީ ތަންތަނުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް އެމްޑީޕީން  މީގެކުރިން ގޮވާލާފައިވާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ އަންނަން ހުރި ބިޔަ އިންވެސްޓްމަންޓްތައް ހުއްޓިފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރެއްގައި ސައުދީ ސަރުކާރުން 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ގެންނަން ސައުދީން އުޅުނު. އެހެންނަމަވެސް އޭގެ ފައިދާ ރާއްޖެއަށް ލިބިދާނެތީ އެކަމާ ހަސަދަވެރިވެގެން އެކަމާ ދެކޮޅަށް މުޒާހަރާކުރި. އެކަންކަމާ މުޒާހަރާކުރުމުގެ ނަތީޖާއަކަށްވެގެންދިޔައީ ފައިސާހުރި ބާރުވެރި އެމީހުން އަމިއްލައަށް އެ ޓޫރިޒަމް އިންވެސްޓްމަންޓް އެމީހުންގެ ގައުމުގަ ހެދި. ރާއްޖޭގެ ޓޫރިޒަމްގޮތަށް ކޮޕީކޮށްގެން. މިއަދު މިހާހިސާބަށް އާއިރުގައި ސައުދީއަރަބިއްޔާއަށް 23 މިލިއަން ކަސްޓަމަރުން އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބިއްޖެ

މެމްބަރު އިބްރާހީމް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ސައުދީން ފ އަތޮޅުގައި އެ އިންވެސްޓްމަންޓް ކުރިނަމަ، އެ 23 މިލިއަން މީހުންނަކީ މިއަދު ރާއްޖެއަށް އަންނާނޭ ބައެއް ކަމަށާއި، އެކަހަލަ މުހިއްމު އިގްތިސާދީ ކަންކަން އެމްޑީޕީން ހުއްޓުވާފައިވާކަމަށެވެ.

މިއަދު ޓޫރިޒަމަށް ގެއްލުންވާކަމަށް އެމްޑީޕީން ބުނާއިރު، އެމީހުންގެ ވާހަކަތައް އަބަދުމެ ހުންނާނީ ދިމާ އިދިކޮޅަށްކަން އިބްރާހީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާއި ޤައުމުގެ ލާބައަށް ކުރާ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނޭ ކަމަށާއި، އެމްޑީޕީން ނަންކުރާ އިނގިރޭސިވިލާތުގައިވެސް ކަންކަން ހިނގަނީ އެމަގުންކަމަށެވެ.

އަންނަ އަހަރު ޓެކްސް ރޭޓަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، މި ބިލްގައި ވަނީ ޓޫރިޒަމްގެ ބައެއް ޓެކްސްތަކުން މިހާތު ނަގަމުން އަންނަ ރޭޓް އިތުރުކުރުމަށް ހިމަނާފައެވެ.

ޓެކްސް ރޭޓް އިތުރުކުރަން ނިންމުމުން އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ އެކަމަކީ އެޕާޓީން ރުހޭނޭކަމެއް ނޫންކަމަށެވެ.

ކޮމެންޓް
ޢަބުދުލް ވާހިދު
ސާބަސް ކޮޔާ ކަލޯ ދިނީމަ ދިން ހައްގެއް ތަ އެމް. ޑީ. ޕީ. އޮންނާން ޖެހޭނީ ދެން މިއީ ބޮޑުވަރު ދޯ................
17 Oct 2024
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ